
ފޭބި ސަރުކާރަކުން ވީ ވައުދެއް ފުއްދެވި ހަމައެކަނި ރައީސްއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ: ފަލާހް
# ލޯކަލް ކައުންސިލްތައް# ޕީޖީ ލީޑަރު ފަލާހް# ރައީސް މުއިއްޒު# ސިޔާސީ# ޕީއެންސީފޮޓޯ: ގާފު އޮންލައިން
މިހާހިސާބަށް ފޭބި ސަރުކާރަކުން ވީ ވައުދެއް ފުއްދެވި ހަމައެކަނި ރައީސްއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއީއްޒު ކަމަށް ކައުންސިލް އިންތިހާބުގެ ޕިއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ފަލާހް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހަރަކާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިޙާބުގައި ރައްޔިތުން ދޭ ވޯޓަކީ ތަރައްގީއަށް ދެވޭ ވޯޓެއް ކަމަށެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދިނުމަށްޓަކައި ރައީސް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހް ވަނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމްގެ ދަށުން ގާތްގަނޑަކަށް ތޭރަހާސް ގޯއްޗާއި ހަތް ހާސް ފުލެޓް އިއުލާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
ކުރީ ސަރުކާރުން ގޯއްޗާއި ފުލެޓް ދީފައިވަނީ އެ މީހުން ވެރިކަމަށް އައިއިރު ހިއްކާފައި އޮތް ހިސާބަކުން ކަމަށް ފަލާހް ވިދާޅުވިއެވެ.
"ދެން ކަނޑުން ދިން ގޯތިތަކާއި އެހެނިހެން ގޯތިތައް ދިނީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެންނެވި ވަޢުދުފުޅު ވެ ވަޑައިގެންނެވި ގޮތަށް ރަނުން ރަނަށް އެ ގެންދަަވަނީ ފުއްދައިދެއްވަމުން. މިހާހިސާބަށް ފޭބި ސަރުކާރަކުން ވީ ވައުދެއް ފުއްދެވި ހަމައެކަނި ރައީސްއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ. އެއްވެސް ޚިލާފެއްނެތި". ފަލާހް
ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުތައް ގެޒެޓުކޮށްފަވާއިރު އަންނަ އެޕްރީލް މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.
އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.
ގުޅުންހުރި

ފޭބި ސަރުކާރަކުން ވީ ވައުދެއް ފުއްދެވި ހަމައެކަނި ރައީސްއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ: ފަލާހް

ޕީއެންސީ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހަރަކާތް ރަސްމީކޮށް ފަށައިފި

ރައީސްގެ ތައުޒިޔާ ޕާކިސްތާނުގެ ބޮޑުވަޒީރަށް





