logoEN
Sto top
އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި!

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި!

އަހުމަދު ޝުރާއު

logo

10/7/2025, 5:57:09 PM

# އެމްޑީޕީ

-

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

Wamco

އެމްޑީޕީން މިއަދު ބުނީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ މީހުންނާއި މެދު އަމަލު ކުރަމުން ދަނީ ނާއިންސާފުން ކަމަށާއި ފަރުވާ ހޯދުމުގައި ތަފާތުކުރުމާއި ފަރުވާ ހޯދަން ހުރަސްއެޅުން އަދި ތަހުގީގު ލަސްކުރަމުންދާ ކަމަށެވެ. އެހެންވެ އެމީހުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް އިން އެކަން މޮނިޓާކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ މުޒާހަރާއިން 8 މީހަކު ހައްޔަރުކުރި ނަމަވެސް 2 މީހަކު ވަނީ ދޫކޮށްލާފައިއެވެ. އަނެއް 6 މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައި އެވެ.

މިގޮތުން މުޒާހަރާއިން ހައްޔަރުކޮށް ބަންދުކުރި މީހުންނަކީ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހުއާއި އަލީ ޖުމާންއާއި އަޒީމް އަލީގެ އިތުރުން ހަސަން ޝާކިރުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC