
-
ފެހެންދޫ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މެމްބަރަކު ހޮވުމަށްޓަކައި ބޭއްވުނު ޕްރައިމެރީގައި ވާދަކުރި ދެކެނޑިޑޭޓުންގެ ވޯޓު އެއްވަރުވުމާއި ގުޅިގެން އަލުން ވޯޓުލުން ބޭއްވުމަށް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 16 ޖަނަވަރީ 2026 ގައި ބޭއްވުނު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ 2026ގައި ބ. ފެހެންދޫގައި ކައުންސިލް މެންބަރ ހޮވުމަށް ބޭއްވި އިންތިޙާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާތީ ވޯޓު އަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ ފެހެންދޫ ޕްރައިމެރީގައި ވާދަކުރީ އަލީ ވަހީދުއާއި އަލީ ޝައުފާން އެވެ. މިގޮތުން ފެހެންދޫ ޕްރައިމެރީގައި ޖުމުލަ 13 މީހަކު ވޯޓުލި ނަމަވެސް 1 ވޯޓު ބާތިލުވުމާއިއެކު ސައްހަ ވޯޓުގެ ގޮތުގައި ބެލީ 12 ވޯޓެވެ. ޕްރައިމެރީގައި އެދެކެނޑިޑެޓުންނަށްވެސް ލިބިފައިވަނީ ކޮންމެ ކެނޑިޑޭޓަކަށް 6 ވޯޓެވެ.
މިއާއިއެކު އަލުން ވޯޓުލުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ، 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހު 09:30 ން 15:00 އަށެވެ. މާ
ލޭގައި ވޯޓުލުން އޮންނާނީ އެމް.ޑީ.ޕީ އޮފީހުގައިއެވެ. އަދި ބ. ފެހެންދޫގައި ވޯޓުލުން އޮންނާނީ ފެހެންދޫ ސްކޫލްގައިއެވެ.


.jpeg&w=3840&q=75)
%20(2).webp&w=3840&q=75)



