
ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އެއް ދުވަހަށް މެދުކަނޑާލަން ރަޝިޔާގެ ރައީސް ޕުޓިން ނިންމަވައިފި އެވެ.

ރަޝިޔާ ސަރުކާރުން މިއަދު ބުނީ ނަސާރާދީނުގައި ފާހަގަކުރާ އީސްޓަރ އާއި ދިމާކޮށް އެއްދުވަހުގެ މުއްދަތަކަށް ރަޝިޔާއިން ޔޫކްރެއިނަށް ދޭ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ނިންމަވާފައިވާ ކަމަށެވެ.
ޕުޓިންގެ އަމުރުފުޅާއި އެކު ރަޝިޔާ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވެލެރީ ޖެރަސިމޯވް ވިދާޅުވީ މިއަދުގެ ޖީއެމްޓީ ގަޑިން 15:00 އިން އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީ ގަޑިން 21:00 ގެ ނިޔަލަށް ރަޝިއާގެ ފަރާތުން އީސްޓާ ޓްރޫސް އެއް އިއުލާނު ކުރާ ކަމަށެވެ.
ރަޝިޔާގެ ސަރުކާރުން ބުނާގޮތުގައި ޔޫކްރެއިން އިން ރަޝިއާގެ މި އަމަލު ނަމޫނާއެއްގެ ގޮތުގައި ބަލައިގަތުމަށް ޕުޓިން ވަނީ އެދިވަޑައިގެންފައި އެވެ، އަދި އެމުއްދަތުގައި ޔޫކްރެއިންއިން އަމަލުކުރާނެ ގޮތުން ދޭހަވެގެންދާނީ ސުލްހަވެރި ހައްލެއް ގެނައުމަށް އެގައުމު ތައްޔާރަށް އޮތްތޯ ކަމަށްވެސް ޕުޓިން ވިދާޅުވި ކަމަށް ރަޝިޔާގެ ސަރުކާރުން ބުނެއެވެ.
އެއްދުވަހަށް ހަނގުރާމަ ހުއްޓާލި ނަމަވެސް ރަޝިޔާގެ ރައީސް ވަނީ ޔޫކްރޭނުން ހަނގުރާމައާ ހިލާފުވާ ކޮންމެ ކަމެއް ހުއްޓުވުމަށް ސިފައިން ތައްޔާރަށް ތިބުމަށް ވެސް ޖެރަސިމޯވްއަށް އަންގަވައިފަ އެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަނގުރާމަ މެދުކަނޑާލަނީ އިންސާނީ ބޭނުމަށް ކަމަށާއި ރަޝިއާގެ ޖޮއިންޓް ގްރޫޕް އޮފް ޓްރޫޕްސް [ފޯސަސް] އިން އެކަން ބަލަހައްޓާނެ ކަމަށެވެ.
ގުޅުންހުރި

ޔޫކްރެއިނަށް ދޭ ހަމަލާތައް އެއް ދުވަހަށް މެދުކަނޑާލަން ޕުޓިން ނިންމައިފި

ރަޝިޔާ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އަވަހާރަކޮށްލައިފި: ޒިންމާ ނެގީ ޔޫކްރެއިނުން!

އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލްތަކެއް ދިންކަން ކަށަވަރުވުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
