logoEN
cocacola
ނިއުކްލިއާ ހަނގުރާމައެއް ފަށައިފިނަމަ ދުނިޔެއަށް ވާނީ ކިހިނެތް؟

ނިއުކްލިއާ ހަނގުރާމައެއް ފަށައިފިނަމަ ދުނިޔެއަށް ވާނީ ކިހިނެތް؟

އަލްފާ އަލީ

logo

2/25/2022, 9:10:11 PM

# ދުނިޔެ# ރިޕޯޓް# ރަޝިއާ - ޔޫކްރޭން

5296534-1280_936338912-nuclear-bomb-detonation

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ނިއުކްލިއާ ހަތިޔާރުތައް ބޭނުންކޮށްފި ނަމަ މި ދުނިޔެއަށް ވާނެ ގޮތެއް އެއްވެސް ވަރަކަށް ވިސްނާލިންތޯ އެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެ ބިރުވެރިކަން ހިތަށް އިހުސާސްވެސް ނުކުރެވޭނެ އެވެ. ސަބަބަކީ އެކަން ވެގެންދާނީ މި ދުނިޔޭގައިވެސް ކުރެވިގެން ދާނެ އެންމެ މޮޔަ އެއްކަމަށެވެ.

ގޮސިޔާ

މިހާރު ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. 2019ވަނަ އަހަރާހަމައަށް، 15000 އަށް ވުރެ ގިނަ ނިއުކްލިއަރ ހަތިޔާރު ވުޖޫދަށް ގެނެވިފައިވާކަމަށް ދުނިޔޭގެ ނިއުކްލިއަރ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގައި ވާ 4500 ސިޓީ ތަކުގެތެރެއިން ސިޓީއެއް ނައްތާލުމަށް ބޭނުންވާނީ ނިއުކްލިއަރ އެންމެ 3 ބޮމެވެ. މާނައަކީ 13500 ނިއުކްލިއާ ބޮން ގޮއްވައިގެން ދުނިޔޭގެ ހުރިހާ ސިޓީތަކެއް އެއްކޮށް ނައްތާލެވިގެންދާނެ އެވެ. މިވަރު ކޮށްލާއިރުވެސް ބާކީ އަދިވެސް 1500 ނިއުކްލިއާ ބޮން އޮންނާނެ އެވެ.

15،000 ނިއުކްލިއާ ބޮން އެއްފަހަރާ އެއްތަނެއްގައި ގޮއްވާލުމުން ވާނީ ކިހިނެއް ؟

15000 ނިއުކްލިއާ ބޮމަކީ 3 ބިލިއަން ޓަނުގެ ޓީއެންޓީއާ އެއްވަރުގެ ގޮވާ ހަތިޔާރެވެ. 15000 ނިއުކްލިއާ ބޮން ގޮއްވާލުމަކީ، ދުނިޔޭގައި މިހާތަނަށް ގޮވި އެންމެ ބާރުގަދަ އަލިފާން ފަރުބަދައިގެ 15 ގުނަ ބޮޑު ގޮވުމަކަށް ވެގެން ދާނެއެވެ. ދުނިޔޭގައި މިހާތަނަށް ގޮވި އެންމެ ބާރުގަދަ އަލިފާން ފަރުބަދައަކީީ ކްރަކަޓޯއާ ވޮލްކަނޯ އެވެ.

އެފަދަ ގޮވުމެއް ގޮވައިފިނަމަ އެ ގޮވުން ގޮވާ ސަރަހައްދުގައި 50 ކިލޯމިޓަރުގެ އަލިފާން ބޯޅައެއް އުފެދިގެން ދާނެއެވެ. އަދި އެތަނެއްގެ ވަށައިގެންވާ 3000 ކިލޯމީޓަރުގެ ސަރަހައްދުގައިވާ ހުރިހާ އެއްްޗެއް އޭގެ ރޭޑިއޭޝަންގެ ސަބަބުން ނެތިވެގެންދާނެ އެވެ. މި ގޮވުމުގެ އަޑު މުޅި ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް އިވިގެން ދާނެ ކަމަށްވެސް ކަމާ ބެހޭ ތަޖުރިބާ ކާރުން ބުނެ އެވެ.

އެފަދަ ގޮއްވުން އެމެޒޯންގެ ޖަންގަލީގައި ގޮއްވާލައިފި ނަމަ، ކޮންޓްރޯލް ނުކުރެވޭ ވަރުގެ އަލިފާންގަނޑެއް އުފެދި މުޅި ބައްރު އެއްކޮށް ނެތިވެގެން ދާނެ އެވެ.

މިއީ އަދި މިހާތަނަށް އުފެއްދިފައިވާ ނިއުކްލިއާ ހަތިޔާރުން ކުރިމަތިވެދާނެ ކަންކަމެވެ. އަދި އިތުރު ހަތިޔާރު އުފައްދައިފިނަމަ މިއަށްވުރެ ނުރައްކާތެރި ހާލަތަކަށް މި ދުނިޔެ ވެއްޓިގެން ދާނެ އެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުކުރާ ޔުރޭނިއަމް މި ދުނިޔޭގައި ގިނަ އަދަދަކަށް އެބަހުއްޓެވެ. އެގޮތުން ހެދިފައި ހުރި ދިރާސާތަކާއި ރިޕޯޓުތަކަށް ބަލާއިރު 35 މިލިއަން ޓަނުގެ ޔުރޭނިއަމް މި ދުނިޔޭގައި އެބަ ހުއްޓެވެ. އެއީ 10 ބިލިއަން "ހިރޯޝިމާ ބޮން" އުފެއްދޭނެ މިންވަރެކެވެ.

އެވަރުގެ ގޮވުމެއް އެމެޒޯން ޖަންގަލީގައި ގޮއްވާލައިފި ނަމަ، ދެކުނު އެމެރިކާގެ ދެބައިކުޅަ އެއްްބަޔަށް މި ގޮވުން ހަމަލޮލުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެ ގޮވުމުގެ ސަބަބުން މި ދުނިޔެ މިހާތަނަށް ދެކިފައިނުވާވަރުގެ ބިންހެލުމެއް އަތުވެ މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް ކަމުގެ މާހިރުން ބުނެ އެވެ.

ނިއުކްލިއާ ބާރުތައް

2022 ވަނަ އަހަރާ ހަމައަށް ތަފާސްހިސާބުތައް ދައްކާގޮތުގައި އެކި މުޅި ދުނިޔޭގައި މިވަގުތު ހުރީ، 13،080 ނިއުކްލިއާ ބޮމެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބޮން ހުރީ ރަޝިއާގައެވެ އެއީ 6257 އެވެ. ދެވަނަ އަށް އެންމެ ގިނަ ނިއުކްލިއާ ބޮން ހުރީ އެމެރިކާ އަތުގައެވެ. އެމެރިކާގައި 5550 ނިއުކްލިއާ ބޮން އެބައޮތެވެ. މި ދެގައުމާ އެންމެ ގާތް ކުރަނީ ޗައިނާ އެވެ. ޗައިނާ ގައި ސްޓޮކް ކޮށްފައިހުރީ 350 ނިއުކްލިއާ ބޮމެވެ.

މި ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ، ނިއުކްލިއާ ބޮންތަކުގެ 90 އިންސައްތަ ބާރު އޮތީ ރަޝިއާ އާއި އެމެރިކާ އަތުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ