
ރަޝިޔާއިން ރޭ ޔޫކްރެއިންއަށް ހަމަލާދީނީ 300 އަށްވުރެ ގިނަ ޑްރޯން އާއި 7 މިސައިލުން!
# ރަޝިއާ - ޔޫކްރޭން-
ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރޭ ރަޝިޔާއިން ދިން ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްއަށެވެ.ނަމަވެސް ބައެއް ހަމަލާތައް ޔޫކްރެއިންގެ އެހެނިހެން ސަރަހައްދުތަކަށްވެސް ވަނީ އަމާޒުވެފައި އެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނާގޮތުގައި ރަޝިޔާއިން ރޭ އެގައުމަށް ހަމަލާދީފައިވަނީ ގިނަ އަދަދެއްގެ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެންނެވެ.
ޔޫކްރެެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ބުނާ ގޮތުގައި ރޭ ރަޝިޔާއިން ވަނީ ޔޫކްރެއިންއަށް ހަމަލާދިނުމަށް 315 ޑްރޯންއާއި 7 މިސައިލް ބޭނުންކޮށްފައި އެވެ. ޒެލެންސްކީސިފަކުރާ ގޮތުގައި ރޭގެ ހަމަލާއަކީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި މިހާތަނަށް ރަޝިޔާއިން ދިން އެންމެ ބޮޑު އެއް ހަމަލާއެވެ. މި ހަމަލާއިން 285 ޑްރޯން އާއި ހުރިހާ މިސައިލެއް އިންޓަސެޕްޓު ކުރި ކަމަށް ޒެލެންސްކީ ވަނީ ބުނެފައި އެވެ.
ނަމަވެސް ނުހުއްޓުވުނު މަދު ޑްރޯންތަކުގެ ސަބަބުން ޔޫކްރެއިންގެ 2 މީހަކު ވަނީ މަރުވެފައި އެވެ. މީހުން މަރުވި އޮޑޭސާ އަވަށުގެ ރީޖަނަލް ހެޑް އޮލެހް ކިޕާ ބުނީ މި ހަމަލާގައި ޔޫކްރެއިންގެ ދެކުނުގެ ބަނދަރު ސިޓީއެއް ކަމަށްވާ އޮޑެސާގެ މެދުގައި ހުންނަ މެޓާނިޓީ ހޮސްޕިޓަލަކާއި މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް ރަޝީޔާއިން ބަހެއް ބުނެފައި ނުވެއެވެ.
ގުޅުންހުރި

ރަޝިޔާއިން ރޭ ޔޫކްރެއިންއަށް ހަމަލާދީނީ 300 އަށްވުރެ ގިނަ ޑްރޯން އާއި 7 މިސައިލުން!

ޔޫކްރެއިނަށް ދޭ ހަމަލާތައް އެއް ދުވަހަށް މެދުކަނޑާލަން ޕުޓިން ނިންމައިފި

ރަޝިޔާ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އަވަހާރަކޮށްލައިފި: ޒިންމާ ނެގީ ޔޫކްރެއިނުން!
