logoEN
WAMCO TOP 1
ރީޖަނަލް އެއާ ކޮލެޓީ މޮނިޓަރިންގ ޕްރޮޖެކްޓް އިފްތިތާހް ކޮށްފި

ރީޖަނަލް އެއާ ކޮލެޓީ މޮނިޓަރިންގ ޕްރޮޖެކްޓް އިފްތިތާހް ކޮށްފި

# އެންވާރަމެންޓް މިނިސްޓްރީ# އެއާ ކޮލެޓީ# ވައި ސާފު މިންވަރު

FMGtEFPaMAQ6Ujt

ރީޖަނަލް އެއާ ކޮލެޓީ މޮނީޓަރިން ޕްރޮޖެކްޓް މިއަދު އައްޑޫސިޓީގައި އިފްތިތާހްކޮށްފި އެވެ.

THE TRAVELLER AD

އައްޑޫ ސިޓީގައި މި ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އައްޑޫ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ގަމުގެ އީކްއެޓަ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

އެއާ ކޮލެޓީ މޮނީޓަރިންގ ޕްރޮޖެކްޓަކީ، ވައިގެ ސާފު މިންވަރު ދެނެގަތުމަށް ސަރުކާރުން ގާއިމްކުރާ ނިޒާމެކެވެ. ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ހިންގާ މަޝްރޫއުގެ ތެރެއިން 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަކީ އައްޑޫ ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން މި ސެންސަރުތައް ހަރުކުރެވޭ އިރު، އެއިން ކޮންމެ ރަށެއްގައި އާއްމުންނަށް މިކަމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ޖަރުމަންގެ ބްރޭންޑެއް ކަމަށްވާ "އައިކިއު އެއާ" ގެ ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރުތަކުން ފަސް އަހަރުގެ މުއްދަތަކަށް، ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ދޭނެ އެވެ. ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިން ސެންސަގެ ޒަރިއްޔާއިން އާއްމުންނަށް ވެސް ލިބިގެންދާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC