logoEN
WAMCO TOP 1
ވާދޫ ވޭސްޓް ޓްރާންސްފަރ ފެސިލިޓީއިން ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލަނީ

ވާދޫ ވޭސްޓް ޓްރާންސްފަރ ފެސިލިޓީއިން ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލަނީ

# އެންވާރަމެންޓް މިނިސްޓްރީ# ގދ. ވާދޫ

download

ގދ. ގައްދޫގައި ހުންނަ ވޭސްޓް ޓްރާންސްފަރ ފެސިލިޓީއިން ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ދެނެގަތުމަށް މަސައްކަތް ފަށައިފިއެވެ.

THE TRAVELLER AD

އެންވާރަމެންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ފެސިލިޓީން ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލަން އެސެސްމެންޓެއް ހަދާނެ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެއިއުލާނުގައި ބުނެފައިވަނީ އެ މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށެވެ. އަދި ބިޑްގެ މުއްދަތު ވާން ވާނީ ބިޑަށް ހުޅުވާލާ ތާރީޚުން ފެށިގެން 90 ދުވަހުގެ މުއްދަތެއް ކަމަށާއި, މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރަންވެސް ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ މޭ 2 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެންވާރަމެންޓް މިނިސްޓްރީ ހިންގާ, މާލެ, ގްރީން ބިލްޑިންގް ގައެވެ.

ކޮމެންޓް
ފަހުގެ
HDC