logoEN
WAMCO TOP 1
ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމްކުރުމަށް ތިނަދޫ ކައުންސިލާއެކު އެއްބަސްވުމަކަށް

ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމްކުރުމަށް ތިނަދޫ ކައުންސިލާއެކު އެއްބަސްވުމަކަށް

# ގދ.ތިނަދޫ# އެއާ ކޮލެޓީ# ވައިގެ ސާފު މިންވަރު

TND COUNCIL_-7

އެއާ ކޮލެޓީ މޮނީޓަރ ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ތިނަދޫ ކައުންސިލާއެކު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.

THE TRAVELLER AD

ތިނަދޫ ކައުންސިލް އިދާރާގައި އޮތް ރަސްމިއްޔާތެއްގައި، މިކަމުގެ އެއްބަސްވުމުގައި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އެވެ.

އެއާ ކޮލެޓީ މޮނީޓަރިންގ ޕްރޮޖެކްޓަކީ، ވައިގެ ސާފު މިންވަރު ދެނެގަތުމަށް ސަރުކާރުން ގާއިމްކުރާ ނިޒާމެކެވެ. ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ހިންގާ މަޝްރޫއުގެ ތެރެއިން 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަކީ އައްޑޫ ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.

އެގޮތުން މިހާރު އައްޑޫއާއ ފުވައްމުލަކު އިތުރުން ތިނަދޫގައި މި ނިޒާމް ގާއިމްކުރުމަށް ކައުންސިލްތަކާއެކު ވަނީ އެއްބަސްވެފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން މި ސެންސަރުތައް ހަރުކުރެވޭ އިރު، އެއިން ކޮންމެ ރަށެއްގައި އާއްމުންނަށް މިކަމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ޖަރުމަންގެ ބްރޭންޑެއް ކަމަށްވާ "އައިކިއު އެއާ" ގެ ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރުތަކުން ފަސް އަހަރުގެ މުއްދަތަކަށް، ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ދޭނެ އެވެ. ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިން ސެންސަގެ ޒަރިއްޔާއިން އާއްމުންނަށް ވެސް ލިބިގެންދާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC