logoEN
WAMCO TOP 1
ދިވެހިރާއްޖޭގެ ފުރަތަމަ އޯ.އީ.ސީ.އެމް ގެ ޝަރަފު ސޮނޭވާ ޖާނީއަށް

ދިވެހިރާއްޖޭގެ ފުރަތަމަ އޯ.އީ.ސީ.އެމް ގެ ޝަރަފު ސޮނޭވާ ޖާނީއަށް

ސާރާ އަހުމަދު

logo

8/11/2026, 6:43:33 AM

# އެންވާރަމެންޓް މިނިސްޓްރީ

--

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ތާރީޚީ މުހިންމު ފިޔަވަޅެއް މިއަދު އަޅައިފިއެވެ.

THE TRAVELLER AD

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވޭ "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންސަވޭޝަން މެޝާސް" (އޯ.އީ.ސީ.އެމް) ގެ ރަސްމީ ލަގަބު ނޫނު އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީއަށް މިއަދު ވަނީ އަރުވާފައެވެ.

މިއީ ރާއްޖޭގެ ގުދުރަތީ ދިރުންތައް ނުވަތަ ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ސޮނޭވާ ޖާނީއަށް މި ޝަރަފު ލިބިގެންދިޔައީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުންވެސް، ދެމެހެއްޓެނިވި ގޮތެއްގައި ދިރުންތައް އާލާކޮށް ރައްކާތެރިކުރުމަށް އެ ރިސޯޓުން ކުރަމުންދާ ނަމޫނާ މަސައްކަތްތަކުގެ ސަބަބުންނެވެ.

އޯ.އީ.ސީ.އެމް އަކީ ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ 30×30 އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ބިމާއި ކަނޑުގެ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމެވެ. ރާއްޖޭގައި މިފަދަ ނިޒާމެއް ތައާރަފްވުމަކީ އެންމެން ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެކެވެ.

މި ފާހަގަކޮށްލެވޭ ކާމިޔާބީއާއެކު، ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. ސޮނޭވާ ޖާނީގެ މި ނަމޫނާ މަސައްކަތަކީ ރާއްޖޭގެ އެހެން ރަށްތަކާއި ރިސޯޓުތަކަށްވެސް މިދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވިގެންދިޔަ އާ މަގަކަށް ވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC