logoEN
cocacola
ވޭތުވެދިޔަ އެއްމަސްދުވަސްތެރޭ ތިނަދޫއިން އެންމެ މަދުން ކޭސްފެނުނީ މިއަދު!

ވޭތުވެދިޔަ އެއްމަސްދުވަސްތެރޭ ތިނަދޫއިން އެންމެ މަދުން ކޭސްފެނުނީ މިއަދު!

އަހުމަދު ޝުރާއު

logo

2/18/2022, 8:41:06 PM

# ތިނަދޫ# ކޮވިޑް

DSC_4501

ގިނަ ދުވަސްތަކަކަށްފަހު ތިނަދޫއިން ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން ދަށަށް ޖެހިލައިފި އެވެ.

ގޮސިޔާ

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އެރަށުން 4 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ޖެނުއަރީ 16 ވަނަ ދުވަހުގެ ފަހުން ތިނަދޫއިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ތިނަދޫއިން ފައްސިިވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގ ގެ ތެރެއިން ފައްސިވި ދެމީހުންނާއި ރޯގާގެ އަލާމާތްތަށް ހުރުމުގެ ސަބަބުން ނެގުނު ސާމްޕަލްތަކުން ފައްސިވި ދެމީހުންނެވެ.

މިއަދު ފައްސިވި ކޭސްތަކާއި އެކު ތިނަދޫއިން ޖުމުލަ ފައްސިވި މީހުންގެ އަދަދު އުޅެނީ 2144 ގައެވެ.

މިއަދު ތިނަދޫއިން 12 މީހަކު ވަނީ ބަލިން ފަސޭހަވެސް ވެފައެވެ. އެއާއި އެކު 2007 މީހަކު ބަލިން ފަސޭހަވެ ތިނަދޫގެ އެކްޓިވް ކޭސް އުޅެނީ 132 ގައެވެ.

ތިނަދޫގެ ހާލަތު ގޯސްވުމާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތިނަދޫ އަދިވެސް އޮތީ މޮނީޓަރިންގ ހާލަތުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ