logoEN
cocacola
ތިނަދޫ އަސްދާނު ދޯނީގެ އެހީ ގދ އަތޮޅު ތައުލީމީ މަރުކަޒަށް!

ތިނަދޫ އަސްދާނު ދޯނީގެ އެހީ ގދ އަތޮޅު ތައުލީމީ މަރުކަޒަށް!

އަހުމަދު ޝުރާއު

logo

2/18/2022, 6:34:03 PM

# ތިނަދޫ# ގދ. އަތޮޅު ތައުލީމީ މަރުކަޒު# އަސްދާނު ދޯނި

7275C82B-415B-42E6-833C-CF5658F58F3D

ތިނަދޫ މަސްދޯންޏެއް ކަމުގައިވާ " އަސްދާނު " ދޯނިން އަތޮޅުގެ މައި ސްކޫލް، ގދ އަތޮޅު ތައުލީމީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގޮސިޔާ

ގއ އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި އަސްދާނު ދޯނިން ވަނީ އެސްކޫލަށް ހިޓާޗީ ބްރޭންޑުގެ 50 އިންޗީގެ ސްމާޓް ޓީވީއެއް އެސްކޫލަށް ހަދިޔާކޮށްފައެވެ.

މި ޓީވީ އެސްކޫލާއި ހަވާލުކޮށްދެއްވީ އެދޯނީގެ ކެޔޮޅު ރީޝަމްގެ އިތުރުން އަސްދާނުދޯނީގެ ފަޅުވެރިންނެވެ. އަދި މި ޓީވީއާއި އެސްކޫލުގެ ފަރާތުން ހަވާލުވީ އެސްކޫލުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު އެވެ.

ގދ އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އަސްދާނު ދޯނީގެ ފަރާތުން ވި މި އެހީއަކީ އެސްކޫލުގައި މަލްޓިމީޑިއާގެ ޒަރިއްޔާއިން ދަރިވަރުންނަށް ކިޔަވައި ދިނުމަށް ކުރުމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށެވެ.

އެގޮތުން އެސްކޫލުން ވަނީ އަސްދާނު ދޯނީގެ ދޯނިވެރިންނާއި ކެޔޮޅުގެ އިތުރުން ދޯނީގެ ފަޅުވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ