logoEN
cocacola
އިދިކޮޅު ކޯލިޝަންގެ ވަފުދެއް ތިނަދޫއަށް!

އިދިކޮޅު ކޯލިޝަންގެ ވަފުދެއް ތިނަދޫއަށް!

އަހުމަދު ޝުރާއު

logo

2/18/2022, 4:26:16 PM

# ތިނަދޫ# ޕީޕީއެމް/ޕީއެންސީ

273890680_349141727218258_480095304354176099_n

ސަރުކާރާއި އިދިކޮޅު، ޕީޕީއެމް-ޕީއެންސީގެ ވަފުދެއް ގދ ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ގޮސިޔާ

އިދިކޮޅު ކޯލިޝަނުން މައުލޫމާތުދޭ ގޮތުގައި އެކޯލިޝަންގެ ލީޑަރޝިޕްގެ ވަފުދެއް ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

ތިނަދޫއަށް އެކޯލިޝަނުން ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި އިދިކޮޅު ކޯލިޝަންގެ ލީޑަރުގެ ވެރިކަމުގައި ހެލްތް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމް ގެ އިތުރުން ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ ) އެވެ.

ތިނަދޫއަށް ދަތުރު ފައްޓަވަމުން މެމްބަރު ހުސެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅުގެ ލީޑަރޝިޕުން ތިނަދޫއަށް ކުރައްވާ ދަތުރުފުޅަކީ އެރަށުގައި ތިބި ޕީޕީއެމްގެ މެމްބަރުންނާއި ގައުމަށް ހެޔޮއެދޭ ފަރާތްތަކާއި ބައްދަލުކުރުމަށް ކުރާ ދަތުރުރެއް ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މިދަތުރުގައި ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއްވެސް ތިނަދޫގައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ