logoEN
cocacola
ދެން ފެށިގެންދާނީ ބާރު ދުވެލީގައި ރާއްޖެ ތަރައްގީވެގެންދާތަން - ރައީސް

ދެން ފެށިގެންދާނީ ބާރު ދުވެލީގައި ރާއްޖެ ތަރައްގީވެގެންދާތަން - ރައީސް

# ރައީސް މުއިއްޒު# ޕީޕީއެމް/ޕީއެންސީ# މަޖިލިސް20

--

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީއަށްފަހު ދެން ފެނިގެންދާނީ ބާރު ދުވެލީގައި މުޅި ރާއްޖެ ތަރައްގީވެގެންދާތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ, އިއްޔެ ކުރިއަށްގެންދެވުނު 20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދެވުނު ޖަލްސާގައި ފާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ, މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށްފަހު ދެން އޮތީ މަސައްކަތުގެ ދުވެލި އަވަސްކުރުން ކަމަށެވެ. ރައީސް ވިދާޅުވީ, މި ސަރުކާރާ ހަވާލުވިފަހުން މި ވޭތުވެގެންދިޔަ 5މަސްދުވަހު ވަރަށް ދަތި އުދަނގުލުގެ ތެރޭގައިވެސް ކޮންމެވެސް ކަންކަމުގައި ނަތީޖާ ނެރެވުނު ކަމަށާއި, ރައްޔިތުން މިއަދު ކުރެއްވި އިތުބާރާއި ދެއްވި ތާއީދާ އެކު ދެން އޮތީ ވޭތުވެދިޔަ 5މަސްދުވަހު ކުރި މަސައްކަތަށްވުރެ އެތަށްގުނައެއް ސްޕީޑް އަވަސްކޮށް ދިވެހި ރައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުން ކަމަށެވެ.

" އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މިގައުމު ތަރައްގީކުރުމުގެ މަސައްކަތް. އަޅުގަނޑުގެ ކެބިނެޓުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަދި މަޖިލިސް މެމްބަރުންނަށް ދަންނަވާލާން ބޭނުންވަނީ މި ވޭތުވެދިޔަ 5 މަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. އެބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލައޭ" - ރައީސް މުއިއްޒު

20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ