logoEN
cocacola
 އަމިއްލަ ގޮތުން އިންތިހާބުވި 6 މެމްބަރަކު ޕީއެންސީއަށް ސޮއިކޮށްފި

އަމިއްލަ ގޮތުން އިންތިހާބުވި 6 މެމްބަރަކު ޕީއެންސީއަށް ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

4/24/2024, 8:08:44 AM

# ޕީޕީއެމް/ޕީއެންސީ

ޕީއެންސީއާއި އަލަށް ގުޅުނު 6 މެމްބަރުން

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އިންތިހާބުވި 6 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއާއި ގުޅިއްޖެ އެވެ.

ގޮސިޔާ

ޕީއެންސީއިން މިއަދު ބުނީ އެ ޕާޓީއަށް ސޮއިކޮށްފައިވަނީ ހުރާ ދާއިރާއަށް އިންތިހާބުވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް އިންތިހާބުވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާއަށް އިންތިހާބުވި އާޒިމް އަބްދުލް އަޒީޒު ކަމަށެވެ.

މި މެމްބަރުންތައް ޕީއެންސީއަށް ސޮއިކުރެއްވުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުންނާއެކު 76 މެމްބަރުން ތިއްބަވާނެއެވެ.

އަމިއްލަ ގޮތުން އިންތިޚާބުވީ މެންބަރުންތަކެއް ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 16 ވަނަ ދުވަހު ތަސްދީޤު ކުރައްވައިފައެވެ.

ނަމަވެސް މި ޤާނޫނު ހިނގާނީ މެމްބަރު ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރާނަމައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޙާބުވި މެމްބަރުންގެ ދައުރު އަދި ނުފަށައެވެ. ގާނޫނު އޮތް ގޮތުން، ދައުރު ފެށުމުގެ ކުރިން ޕާޓީ ބަދަލުކުރިޔަސް ގޮނޑި ނުގެއްލޭނެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމަށް ބާއްވާ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ