logoEN
cocacola
ކާމިޔާބީ ފާހަގަކުރަން ލާމު އަތޮޅުގައިވެސް ހަވާ އަރުވަނީ

ކާމިޔާބީ ފާހަގަކުރަން ލާމު އަތޮޅުގައިވެސް ހަވާ އަރުވަނީ

އަލްފާ އަލީ

logo

4/22/2024, 3:10:07 PM

# މަޖިލިސް20# ޕީޕީއެމް/ޕީއެންސީ

--

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ލާމު އަތޮޅުގައިވެސް ހަވާ އަރުވަން ނިންމައިފި އެވެ.

ގޮސިޔާ

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ ލާމު އަތޮޅުން ޕީއެންސީއަށް ކާމިޔާބުކުރެވުނު 3 ގޮނޑި ހިމެނޭ ހުރިހާ ރަށެއްގައިވެސް ހަވާއެރުވުމަށް ނިންމާފައިވާ ކަމަށެވެ. ލާމު އަތޮޅުން ޕީއެންސީއަށް ކާމިޔާބުކުރެވުނީ ފޮނަދޫ, ގަން އަދި އިސްދޫ ދާއިރާގެ ގޮނޑި އެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްގެ ބައްޕަ އަބްދުއްރަހީމް އަބްދުالله (އަދުރޭ) އެވެ.

ފައިސަލް ވިދާޅުވީ ލ. އަތޮޅުގެ ރަށްރަށުގައި ހަވާ އަރުވާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް ކާމިޔާބީ ފާހަގަކުރަން އިތުރު ހަރަކާތްތަކެއް ރާވަމުން އަންނަކަމަށްވެސް ފައިސަލް ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު, ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ. މި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ޕީއެންސީން ވަނީ ނިންމާފައެވެ. މިރޭ 9:00 ގައި އާޓީފިޝަލް ބީޗުގައި ބާއްވާ މި ޖަލްސާއަށްފަހު 5 މިނެޓަށް ހަވާއެރުވުމަށް ވެސް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ