
ހުރިހާ ސިޔާސީ ލީޑަރުންވެސް އެކުގައި މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި
# ރައީސް މުއިއްޒު# ޕީޕީއެމް/ޕީއެންސީ# މަޖިލިސް20--
ހިޔާލުތަފާތުވުންތައް ދޫކޮށް ހުރިހާ ސިޔާސީ ލީޑަރުންވެސް އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, އިއްޔެ ކުރިއަށްގެންދެވުނު 20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދެވުނު ޖަލްސާގައި ފާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ, އިންތިހާބު ނިމިއްޖެ ކަމަށާއި ހިޔާލުތަފާތުވުންތައް ދޫކޮށްލައްވައި ހުރިހާ ސިޔާސީ ވެރިންވެސް އެކުގައި މިގައުމުތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުމުގެ ގޮތުން. އެހެންވީމާ ހުރިހާ ސިޔާސީ ޕާޓީތަކަށާއި, އެޕާޓީތަކުގެ ލީޑަރުންނަށް އަދި މެންބަރުންނަށް އަޅުގަނޑު ދަންނަވާނީ ހިންގަވާށޭ ކުރިއަށްދާން. މި ގައުމު ތަރއްގީކޮށް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ އެންމެންގެވެސް ފަހުރަކަށް ހައްދަވަން ހިންގަވާށޭ. އަޅުގަނޑުމެން އެކުވެރިކަމާއެކު ކުރިއަށް ދިޔައީމާ އަޅުގަނޑުމެން އެންމެން ތިބޭނީ އުފަލުގައި." -ރައީސް މުއިއްޒު ވިދާޅުވި އެވެ.
20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ.
ގުޅުންހުރި

ސައުދީގެ ވަލީއަހުދު ، ރައީސް މުއިއްޒު އާއި ބައްދަލުކުރައްވައިފި

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޢާންމު ޞިއްޙަތާއި އިޤްތިޞާދީ ވިލުންތެރިކަމުގެ ބިންގާ - ރައީސް

ރައީސްގެ ޝުކުރު ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް އަދި އެ ޤައުމުގެ ސަރުކާރަށް!
