
މަންތާއެއާގެ ދަތުރުތަށް މިމަހުގެ 24 ގައި އައްޑޫއަށް ފަށަނީ، މިހާރު ޓިކެޓް ބުކްކުރެވޭނެ!
# އައްޑޫ# އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް# މަންތާ އެއާwhatsapp-image-2018-12-16-at-5.47.13-pm-1550563127
އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެމުން އަންނަ "މަންތާ އެއާ" ގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ އަތޮޅަށް ފެށުމަށް ތައްޔާރުވެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ އެއާލައިނުން ބުނީ މި މަހުގެ 24 ވަނަ ދުވަހު އައްޑޫ އަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހުއްދަ ތަށް ވެސް މިހާރު ސިވިލް އޭވިއޭޝަނުން ދީފައިވާ ކަމަށް މަންތާ އެއާއިން ބުނެއެވެ.
މަންތާއެއާއިން އައްޑޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން މަންތާއެއާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ޓިކެޓް ބުކްކުރެވޭނެއެވެ.
މަންތާ އެއާ އަކީ 2016 ވަނަ އަހަރު ވުޖޫދަށް އައި އެއާލައިނެކެވެ. އެ އެއާލައިނުގެ ދަތުރުތައް މިހާރު ކުރަމުން އަންނަނީ ދާލު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓަށެވެ.
މި އެއާލައިންގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނުގެ ގަން އެއާޕޯޓަށް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، މި ވަގުތު ގަމަށް ޝެޑިއުލް ދަތުރުތައްކުރާ ޑޮމެސްޓިކް އެއާލައިނަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ. މީގެ އަހަރުތަކެއް ކުރިން ވިލާ އެއާގެ ފްލައިމީ އިން ވެސް ގަމަށް ދަތުރުތަކެއް ބޭއްވި އެވެ.
ގުޅުންހުރި

ގަން އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވި މައްސަލަ ހައްލުވެގެންދިޔައީ އައްޑޫ ރައްޔިތުންގެ ހިތްވަރުން - މުއްތަލިބު

މަންތާ އެއަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކޮށްފި

އޭއައިއޭގެ އެމްޑީއަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި
