logoEN
PNC TOP 3
އޭއައިއޭގެ އެމްޑީއަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އޭއައިއޭގެ އެމްޑީއަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އަހުމަދު ޝުރާއު

logo

2/21/2024, 3:24:00 PM

# އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް

އޭއައިއޭގެ އައު އެމްޑީ ވަހީދު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު އައްޔަނުކުރައްވައިފ އެވެ.

PNC MID 2

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްޑީއަށް މިއަދު އައްޔަނުކުރައްވާފައިވަނީ މުހައްމަދު ވަހީދު ހުސެއިން އެވެ. އެގޮތުން އެކުންފުނިން މިއަދު ވަނީ ވަހީދުއަށް މަރުހަބާ ދަންނަވާފައި އެވެ.

View post on Twitter

މުހައްމަދު ވަހީދު ހުސެއިން އަކީ 2015 ވަނަ އަހަރުން 2018 ވަނަ އަހަރާ ދެމެދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.

ތައުލީމީ ދާއިރާއިން ކެރިއަރު ފެއްޓެވި ވަހީދު ވަނީ ޓޫރިޒަމް އަދި އެޑިޔުކޭޝަން މިނިސްޓްރީގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރައްވާފަ އެވެ.

އެ ކުންފުނީގެ އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ގައިސް ނަސީރެވެ. އޭނަ މަގާމުން އިސްތިއުފާ ދެއްވީ ވެރިކަން ބަދަލުވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC