
މަންޓާއިން އައްޑޫއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި
# އައްޑޫ# މަންޓާ އެއާލައިންbatch_Manta-Air-9-1
މަންޓާ އެއަރއިން އައްޑޫސިޓީއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މަންޓާ އެއަރއިން ބުނީ އައްޑޫސިޓީއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ އެ ކުންފުނީގެ ފްލީޓްގައި ބޭނުންކުރަމުންދާ އޭޓީއާރު ބޯޓުތަކުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަންޖެހުމުންކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް، ފަހަރަކު ބޯޓެއް މަރާމާތައް ފޮނުވަމުންދާކަމަށް މަންޓާއިން ބުނެއެވެ.
މަންޓާ އެއަރއިން ބުނީ އައްޑޫއަށް ދަތުރު މެދުކަނޑާލީ އެ ކުންފުނީގެ ކެޕޭސިޓީ ހުރިގޮތުން ކޮންމެވެސް އެއް ސަރަހައްދަކަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުންކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ކުރިން އަލުން އައްޑޫ ސިޓީއަށް ދަތުރުތައް ފެށޭނެކަމަށް ގަބޫލުނުކުރެވޭކަމަށް މަންޓާއިން ބުނެއެވެ.
މަންޓާއިން މިހާރު ޝެޑިއުލް ދަތުރުކުރަމުން އަންނަނީ ދަރަވަންދޫ އެއަރޕޯޓާއި ކުޑަހުވަދޫ އެއަރޕޯޓަށެވެ. މީގެއިތުރުން ޖޭއޭ މަނަފަރު ރިސޯޓާއި ގުޅިގެން ހޯރަފުށީ އެއަރޕޯޓަށްވެސް އެ އެއަރލައިނުން އަންނަނީ ޗާޓަރ ދަތުރުކުރަމުންނެވެ.
މަންޓާ އެއަރއިން އައްޑޫ ސިޓީއަށް ދަތުކުރަން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ 24އިން ފެށިގެންނެވެ.
ގުޅުންހުރި

މަންޓާއިން އައްޑޫއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި

މަންޓާ އެއާއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ، ފުރަތަމަ ދަތުރު އިންޑިއާއަށް

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
