logoEN
Sto top
ގަން އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވި މައްސަލަ ހައްލުވެގެންދިޔައީ އައްޑޫ ރައްޔިތުންގެ ހިތްވަރުން - މުއްތަލިބު

ގަން އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވި މައްސަލަ ހައްލުވެގެންދިޔައީ އައްޑޫ ރައްޔިތުންގެ ހިތްވަރުން - މުއްތަލިބު

އަހުމަދު ޝުރާއު

logo

4/17/2025, 6:27:08 PM

# އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް

--

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

Wamco

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރކުއާރޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވުޒާރާއަށް މިއަދު އަންގާފައިވާ ކަމަށެވެ.

މިއާއިއެކު މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އޭ.އައި.އޭ ގެ މެނޭޖްމަންޓުން މި މައްސަލަ ޙަލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައަރަންމަންޓާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވާފައި އެވެ. އަދި މި މައްސަލަ އެދުނު ތާރީޚަށް ޙައްލުވެގެން ދިޔައީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެކަމަށް ބާރު އަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަގު ހެދުމުގައި ދިމާވި ހުރަސްތަކާއެކު މުޅި މަޝްރޫއުއަށް ވަނީ ބުރޫއަރާފައި އެވެ.އެގޮތުން، އެއަރޕޯޓު މަޝްރޫޢުގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އައްޑޫގެ އީކުއޭޓާރ ވިލެޖްގެ އިމާރާތެެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހުސްނުކުރެވުމުގެ ސަބަބުން އެ ބިން ކޮންޓްރެކްޓަރާ ހަވާލުނުކުރެވި މަސައްކަތް ލަސްވި ކަމަށް ބިނާރާ ބެހޭ ވުޒާރާއިން މީގެ ކުރީން ހާމަކޮށްފައިވެއެވެ.

އަދި އެމައްސަލަ ހައްލުކުރުމަށް ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި ޚާއްސަ އިސްކަމެއް ދީގެން ކަމާބެހޭ ފަރާތުން ވަނީ މަސައްކަތްތަކެއް ކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside