logoEN
cocacola
ރައީސް ޔާމީން އެދިވަޑައިގަތީ ލައިވްކުރެވެންދެން ޝަރީއަތް މަޑުޖައްސާލަން

ރައީސް ޔާމީން އެދިވަޑައިގަތީ ލައިވްކުރެވެންދެން ޝަރީއަތް މަޑުޖައްސާލަން

# ރައީސް ޔާމީން# ޝަރީއަތް# ރިޝްވަތު

091-yameen

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑަރިންގ މައްސަލައިގައި ދައުވާއުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ޝަރީއަތް ލައިވްކުރެވެންދެން މަޑުޖައްސާލަދެއްވުމަށް އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

ގޮސިޔާ

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ލައިވްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެން ދެން ޝަރީއަތް މަޑުޖައްސާލުމަށެވެ. މިމައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލް ވިދާޅުވި ގޮތުގައި ލައިވް ނުކުރަނީ ވަސީލަތްތައް ނެތުމުންނެވެ. ނަމަވެސް އަދިވެސް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެހޭތޯ ބައްލަވަމުން ގެންދަވާ ކަމަށް އިސް ގާޒީ ފާހަގަކުރެއްވި އެވެ.

ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ ރައީސް ޔާމީނަށް މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އާރަށް މައްސަލާގައި ޔާމީނަށް ދައުވާ ކުރާއިރު، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އޭގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ