logoEN
cocacola
ޓުއަރިޒަމްގެ ހަރަކާތްތަކެއް ހިންގުމަށް ޖޯޖް ކޯބިން ރާއްޖޭގައި

ޓުއަރިޒަމްގެ ހަރަކާތްތަކެއް ހިންގުމަށް ޖޯޖް ކޯބިން ރާއްޖޭގައި

# ދިވެހިރާއްޖެ# ފަތުރުވެރިކަން# ޖޯޖް ކޯބިން

FLnVh3WakAMteHh

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރޭތީ އެކަމާ ގުޅުވައިގެން ހިންގާ ހަރަކާތްތަކެއްގައި ބައިވެރިވާން ރާއްޖެ އަށް ޓޫރިޒަމް ތައާރަފުމުގައި ބޮޑު ރޯލެއް އަދާކުރި އިޓަލީގެ ޖޯޖް ކޯބިން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ގޮސިޔާ

އޭނާ ރާއްޖެ ވަޑައިގަތުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރުމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މިހާރުގެ ހެލްތު މިނިސްޓަރު މުހައްމަދ ނަސީމު (ކެރަފާ) އެވެ.

One of the key pioneers of #Maldives tourism Mr. George Corbin arrived in Maldives to participate in the celebrations of @MvTourism50. He was received at @VelanaAirport by tourism pioneer @KerafaNaseem Minister @Mausoom_Maus and a team from @MoTmv and @MACLmedia. pic.twitter.com/AZlU9MDqHD

— Ministry of Tourism (@MoTmv) February 15, 2022

ކޯބިން ރާއްޖެ އަށް ކުރައްވާ ދަތުރުގައި ބުރާސްފަތި ދުވަހު ހަވީރު މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގައި ބާއްވާ ޓޯކް ޝޯއެއްގައި ބައިވެރިވާނެ އެވެ. މިނިސްޓަރު ހޯސްޓްކޮށް ދެއްވާ އެ އިވެންޓްގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ނަސީމާއި މަޓީގެ ވައިސް ޗެއާމަން ހުސައިިން އަފީފް (ޗަމްޕާ އަފީފް) ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ބޭފުޅުންނަކީ ރާއްޖެ އަށް 1972 ގައި ތައާރަފުވި ޓޫރިޒަމްގެ ފެށުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ