logoEN
cocacola
ނަޑެއްލާގައި އޮތް ބިމުގެ ދަތިކަމާއި ޖެޓީގެ ޖާގައިގެ ދަތިކަން މިނިސްޓަރާ ހިއްސާކޮށްފި

ނަޑެއްލާގައި އޮތް ބިމުގެ ދަތިކަމާއި ޖެޓީގެ ޖާގައިގެ ދަތިކަން މިނިސްޓަރާ ހިއްސާކޮށްފި

# ޕްލޭނިން މިނިސްޓްރީ# ގދ.ނަޑެއްލާ

DSC_8199

ޕްލޭނިން މިނިސްޓްރީގެ ދާއިރާއިން ގދ. ނަޑެއްލާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު މިނިސްޓަރ މުޙައްމަދު އަސްލަމާ ހިއްސާކޮށްފިއެވެ.

ގޮސިޔާ

ނަޑެއްލާ ކައުންސިލްގެ ރައީސް، މުހައްމަދު އަންޝާއު ވިދާޅުވީ މިނިސްޓްރީގެ ދާއިރާއިން އެ ރަށަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު އެ މިނިސްޓްރީއާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރ އަސްލަމާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމަކީ ގދ. އަތޮޅު ކައުންސިލުން މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. އެ އަތޮޅު ކައުންސިލުން ދަނީ ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާ ބައްދަލުކޮށް އަތޮޅުގައި ހުރި ކަންކަމާ ގުޅޭ މައުލުމާތު ހިއްސާކުރައްވަމުންނެވެ.

ނަޑެއްލާގައި ދިމާވެފައިވާ މައްސަލަތައް ކަމަށް ބުނެ އަންޝާއު ހިއްސާކުރެއްވި ބައެއް މައްސަލަތައް

ހަދަން ޖެހިފައިވާ މަގުތައް

ޖެޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން

ފަތާ ފެންގަނޑެއް ހެދުމަށްޓަކައި ބޭނުންވާ އީއައިއޭ ހެދުމަށް

ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން

މީގެ ކުރިން "ގާފު އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި އަންޝާއު ވަނީ ރަށުގެ ބިން ކުޑަކަން ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ފަހުން ރަށުން ގޯތި ދޫކުރި ބުރުގައި ރަށުގެ ބިން އެއްކޮށް ހުސްވެފައިވާ ކަމަށާއި، އާބާދީ އިތުރުވާ ވަރަކަށް ބިން ބޭނުންވާނެ ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

undefined

މީގެ އިތުރުން އެރަށަކީ ފަރު މަސްވެރިކަމާއި، ލަނޑާ ނެގުން ފަދަ މަސައްކަތް ކުރާ އާބާދީއެއް އޮންނަ ރަށަކަށް ވުމުން، އެ މަސައްކަތް ކުރުމަށްޓަކައި ގިނަ އަދަދެއްގެ އުޅަނދުތައް ދަނީ ބޭނުން ކުރަމުން ކަން ފާހަގަކޮށް، އެ ހުރިހާ އުޅަނދުތަކުން ބޭނުން ކުރުމަށް މިހާރު އޮތް ޖެޓީގެ ސައިޒު ކުޑަ ކަމަށް އޭރު އޭނާ ފާހަގަކުރެއްވިއެވެ.

އަންޝާއު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަން މިނިސްޓަރ ވިދާޅުވި ކަމަށެވެ. އަދި ރަށުގެ ރަށް ގިރާ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި އެ ސަރަހައްދު ހިމާޔަތްކުރުމަށް ހިމަނާފައި އޮތުމުން، އެ މަޝްރޫއު ޓެންޑާއަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރާ ހަވާލާދީ އަންޝާއު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ