logoEN
cocacola
ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކު އަންނަ މަހު ހުޅުވަނީ

ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކު އަންނަ މަހު ހުޅުވަނީ

# ޕްލޭނިން މިނިސްޓްރީ# ހުރަވީ ބިލްޑިންގ

139733_3_8d7c768b4edaea4c65b45835114189dedb160ab0_large

ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކްގެ މަސައްކަތް ނިންމާ، އަންނަ ނޮވެމްބަރު މަހު ހުޅުވާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ގޮސިޔާ

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ނިންމާ އެތަން ހުސްކޮށް މިހާރު ނިންމާފައިވާކަމަށެވެ.

އަދި އެތަނުގައި ޕާކް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، ޕާކް އަންނަމަހުގެ 11 ވަނަ ދުވަހު އާއްމުންނަށް ހުޅުވާލާނެކަމަށެވެ. މިތަނަކީ ވެހިކަލްތަކަށް ޕާކުކުރެވޭ ޖާގައާއެކު ތަރައްގީކުރާ ތަނެކެވެ.

35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރަމީ ބިލްޑިންގ ތަޅާލީ އެ ތަން ބާވެ، އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައަޅާފައި ވަނިކޮށެވެ. އަދި އެތަން ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ.

ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމި އެވެ. އޭރު ވެސް އެކަން ނުކުރެވުނީ ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ހަމަނުޖެހިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ