logoEN
cocacola
ގެދޮރުވެރިޔާ ސްކީމަށް އެދޭއިރު އިގުރާގު އެޕްރޫވް ކުރަން އިލްތިމާސްކޮށްފި

ގެދޮރުވެރިޔާ ސްކީމަށް އެދޭއިރު އިގުރާގު އެޕްރޫވް ކުރަން އިލްތިމާސްކޮށްފި

މަރިޔަމް ޝާލިނީ

logo

10/13/2022, 3:15:06 PM

# ގެދޮރުވެރިޔާ# ޕްލޭނިން މިނިސްޓްރީ

ހުޅުމާލެ

ގެދޮރުވެރިން ޕޯޓަލް މެދުވެރިކަށް ގޯއްޗަށާއި ފްލެޓަށް ފޯމު ހުށަހަޅާއިރުގައި އިގުރާގު އެޕްރޫވް ކުރުމަށް ސަމާލުވުމަށް ޕްލޭނިން މިނިސްޓްރީއިން އިލްތިމާސް ކޮށްފި އެެވެ.

ގޮސިޔާ

ޕްލޭނިން މިނިސްޓްރީއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޕޯޓަލް އިން ފޯމު ފުރާފައިވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަން ގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓްވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން އެފަރާތުގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލްއަށް ވަދެ އެފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާމެދު އެފަރާތުގެ އިގުރާރު ދިނުމުން ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

އެހެންކަމުން ގެދޮރުވެރިން ޕޯޓަލްއަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިޤުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ"ގެ ތެރެއިން ބޭނުންފުޅުވާ ގޮތެއް ހިޔާރުކުރުމަށް މިނިސްޓްރީއިން އިލްތިމާސް ކުރެ އެވެ.

މިނިސްޓްރީއިން ބުނީ ފޯމު ސަބްމިޓް ކުރެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 ކަމުގައިވާތީ އެވަގުތު ޖެހުމުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުންވެސް ފޯމު ހުށަހެޅިފައިވާކަން ޔަގީން ކުރުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ