
dVmO8USKUEaEI6c1BJJRkphVNeNI0n3PGBmGa0SU
އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް ދޫކޮށްފައިވާ ‘ތިމާވެށީގެ ގޮތުން ނިންމި ލިޔުމާއި” ޚިލާފަށް، އެންވަރަންމަންޓް ޕްރޮޓެކްސަން އޭޖެންސީ (އީޕީއޭ)ގެ ހުއްދަ ނެތި މަސައްކަތްކޮށްފައިވާތީ ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ. އެމިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ 120،000 ރުފިޔާއިންނެވެ.

އީޕީއޭއިން ބުނެފައިވާ ގޮތުގައި، އެ އޭޖެންސީގެ ހުއްދަ ނެތި މަސައްކަތް ކޮށްފައިވާތީ ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ 20 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޖަދުވަލު (ޖ) ގެ ދަށުން ކުށް ތަކުރާރުކުރި ތިންވަނަ ފަހަރަށް ކަނޑައެޅިފައިވާ 120,000.00ރ (އެއް ލައްކަ ވިހިހާސް ދިވެހި ރުފިޔާ) އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފައިވާކަމަށެވެ.
ޖޫރިމަނާގެ ޖުމްލަ ފައިސާއަށްވާ 120,000.00ރ (އެއް ލައްކަ ވިހިހާސް ދިވެހި ރުފިޔާ) މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެފަރާތަށް މިއަދު އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އަދި އީޕީއޭގެ ހުއްދައަކާ ނުލައި ކުރެވިފައިވާ މަސައްކަތްތަކާއި، މިހާރު ރަށުގެ ތިމާވެށީގެ ޙާލަތު، އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް އެންވަޔަރަމަންޓަލް އޮޑިޓް ރިޕޯޓް ހުށަހެޅުމަށާއި، މިހާރު ކުރެވިފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނިޓަރިން ޕްލޭންގައި ހިމަނާ، އަދި އެ މޮނިޓަރިން ޕްލޭން އިސްލާޙްކޮށް، އައު މޮނިޓަރިންގ ޕްލޭންއެއް ހުށަހަޅާނެ ކަމުގެ ލިޔުމެއް މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ހުށަހެޅުއްވުމަށްވެސް އީޕީއޭންް ވަނީ މިނިސްޓްރީއަށް އަންގާފައެވެ.
ގުޅުންހުރި

ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ބިންހިއްކުމާއި ފަޅުފުންކުރުން ފަދަ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އީޕީއޭއިން އަންގައިފި

މަގުމައްޗަށް ކުނި ނެރޭ މައްސަލަ ބޮޑުވެ އެކަން ނުކުރަން އީޕީއޭއިން އިލްތިމާސްކުރައްވައިފި
