![ކަރަންޓު ކެނޑުނުތާ 10 ގަޑިއިރު - އަދިވެސް ކަރަންޓު ނުލިބޭ](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F12%2FCAF7F2F0-6EA0-45E9-AF16-451091E73A1B.jpeg&w=3840&q=75)
CAF7F2F0-6EA0-45E9-AF16-451091E73A1B
ގދ. ތިނަދޫ އިންޖީނުގޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެރަށަށް ކަރަންޓު ނުދެވި 10 ގަޑިއިރު ވެއްޖެ އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެރަށުން ކަރަންޓު ކެނޑިފައިވަނީ ރޭ ދަންވަރު 3:15 ހާއިރު އެވެ. އަލިފާން ރޯވީ ކަރަންޓު ކެނޑުމުން، އަލުން ކަރަންޓު ދޭން މަސައްކަތް ކުރަމުން ދަނިކޮށް އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވެއެވެ.
ފެނަކަ ތިނަދޫ ބްރާންޗުގެ މުވައްޒަފުން ދަނީ އަދިވެސް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން ފެނަކަ ތިނަދޫ ބްރާންޗުގެ މެނޭޖަރު އަލްމާސް ޒުހައިރު ވިދާޅުވީ މައްސަލަ އުޅެނީ ޕެނަލް ބޯޑުތަކުގައި ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މިއަދު މެންދުރު 14:30 ގައި މާލެ އިން އިންޖީނިއަރެއް އަންނަން ހަމަޖެހިފައިވާ ކަމަށެވެ.
”މާލެއިން އަންނަ އިންޖީނިއަރު ކޫއްޑޫ އިން ތިނަދޫއަށް އާދެވޭނީ 15:30 ހާއިރު” އަލްމާސް ވިދާޅުވިއެވެ.
އަލްމާސް ވިދާޅުވި ގޮތުގައި ކަރަންޓު ލިބޭނެ ސީދާ ގަޑިއެއް ނޭނގެ އެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު އެ ރަށުގެ އިންޖީނުގެ އަނދައި ބޮޑެތި ގެއްލުންތަކެއ ވެ 5 ދުވަސް ވަންދެން ކަރަންޓު ނުދެވި ދިޔައެވެ.
ގުޅުންހުރި
![ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!](/_next/image?url=%2Fog%2FBreaking.jpg&w=3840&q=75)
ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!
![ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި](/_next/image?url=%2Fog%2FBreaking.jpg&w=3840&q=75)
ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
![އިނގުރައިދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުން - ފެނަކަ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F6%2Fbig_Jln4mtU537QmUAUMVj20ClltM.jpg&w=3840&q=75)
އިނގުރައިދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުން - ފެނަކަ
![އައްޑޫގެ ފެން ޕްލާންޓްގެ ކެޕޭސިޓީއަށް ވުރެ ބޭނުންކުރާ މިންވަރު ގިނަ، މައްސަލަ ޙައްލު ކުރަން އަޕްގްރޭޑްކުރަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F2%2Fbig_J6l2Az013SkpiH59D97P6OKY6.jpg&w=3840&q=75)