
-
ނޭކުރެންދޫ ފެނަކަ އޮފީސް އިމާރާތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ފެނަކަ ކޯޕރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ހދ. ނޭކުރެންދޫގައި އިމާރާތް ކުރަމުންދާ އެކުންފުނީގެ އައު އޮފީސް އިމާރާތުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ، ދޮރުތައް ހަރުކުރުން، މުށިޖެހުން އަދި ކުލަލުން ފަދަ މަސައްކަތްތަކެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ޒާމާނީ ފެންވަރަށް ތަަރައްޤީ ކުރާ މި އިމަރާތް ޤާއިމްކުރަނީ، ޖާގަތަނަަވަސް އޮފީސް ޖާގައިގެ އިތުރުން، ޕޭންޓްރީއަކާއި، އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްސަކޮށްފައިވާ ވަކި ފާހަނަތަކެއް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން އޮފީހަށް އެކަށީގެންވާ ސްޓާފް މީޓިން ރޫމެއްވެސް މި އިމާރާތުގައި ހިމެނެއެވެ.
ޓެކްނިކަލް މުވައްޒަފުންނާށާއި އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށް އެކޮމޮޑޭޓް ކުރެވޭނެ ޖާގަ ހިމެނޭ މި އޮފީސް އިމާރާތާއެކު ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި މިހާރަށްވުރެ ލުއިފަަސޭހަ ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އަމިއްލަ ފަރާތަކާ ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްދާ މި މަސައްކަތް، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް ފެނަކައިން ހާމަކުރެއެވެ.