
-
މ. މުލީގައި އިމާރާތްކުރާ ފެނަކަ އައު އޮފީސް އިމާރާތުގެ ބޮޑުބައެއް ނިމިއްޖެ އެވެ.

ފެނަކަ އިން ބުނީ, މ. މުލީގައި ފެނަކައިން އިމާރާތް ކުރަމުންދާ އައު އޮފީސް އިމާރާތުގެ %79 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ފެނަކަ އިން ބުނީ މި އިމާރާތުގެ ބޮޑެތި މަސައްކަތްތައް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ދޮރުތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ، އިމާރާތަށް ބޭނުންވާ ކަރަންޓު ވަޔަރިންއާއި ފެނާ ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް ކަމަށްވެސް ބުނެފައިވެއެވެ.
ޒާމާނީ ފެންވަރަށް ތަަރައްޤީ ކުރާ މި އިމަރާތް އެއްކޮށް ނިމޭއިރު، އަލިފާން ނިވާ ސިސްޓަމަކާއި ފަޔަރ އެލާމް ސިސްޓަމެއްވެސް ޤާއިމްވެފައި ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ދެ ބުރިއަށް އިމާރާތް ކުރަމުންދާ މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެއެވެ. ވަރަށް ބާރަށް ކުރިއަށްދާ މި މަސައްކަތް، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް ފެނަކައިން ހާމަކުރެއެވެ.