logoEN
Sto top
މޫސުން ގޯސްވާނެ ކަމުގެ އިންޒާރާައި އެކު ފެނަކައިގެ އެމަޖެންސީ ރެންސްޕޮންސް ޓީމުތައް ތައްޔާރީ ހާލަތުގައި!

މޫސުން ގޯސްވާނެ ކަމުގެ އިންޒާރާައި އެކު ފެނަކައިގެ އެމަޖެންސީ ރެންސްޕޮންސް ޓީމުތައް ތައްޔާރީ ހާލަތުގައި!

އަހުމަދު ޝުރާއު

logo

1/13/2025, 8:43:57 AM

# ފެނަކަ

--

ކުރިޔަށް އޮތް 5 ދުވަހު ރާއްޖެއަށް މޫސުން ގޯސްޥާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު އިންޒާރާއި އެކު ދިމާވެދާނެ ކާރިސާއަކަށް އިޖާބަ ދިނުމަށް ފެނަކައިގެ އެމަޖެންސީ ރެސްޕޮންސް ޓީމުތައް ތައްޔާރީ ހާލަތަށް ގެނެސްފި އެވެ.

Wamco

ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މެޓް އޮފީހުން ނެރެފައިވާ ބަޔާނާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިޔަށ އޮތް ހަފުތާގައި މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވުމާއި އެކު ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވުމަށް, ފެނަކައިގެ ބްރާންޗުތަކުގައި އެކުލަވާލެވިފައިވާ ކުއްލި ހާލާތްތަކަށް އިޖާބަދޭ ޓީމްތައް ރަށްރަށުގައި ހަރަކާތްތެރިވާ މުއައްސަސާ ތަކާއި ގުޅިގެން ހަރަކާތްތެރިވުމަށް ތައްޔާރީ ހާލަތުގައި މިހާރު ތިބި ކަމަށެވެ.

އެގޮތުން ފެނަކައިން ހިދުމަތްދޭ 151 ރަށުގައި މީހާރު ވަނީ ޓީމުތައް އެކުލަވާލެވިފައިވާ ކަމަށާއި އެ ޓިމް ތަކުގައި ޖުމުލަ 2311 މެމްބަރުން ހަރަކާތެރިވަމުންދާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން އެކުންފުނިން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކުންފުނިން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކޮށްފައިވާ ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ޚާއްސަ ޓާސްކް ފޯހެއްވެސް އެކުލަވާލާފައި އެވެ.

ފެނަކައިގެ މުވައްޒަފުން މީގެ ކުރިންވެސް ރާއްޖެއަށް ކުރި ވިއްސާރަތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރީ ސަފުގައި އަމަލީގޮތުން ހަރަކާތްތެރިވެފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside