
-
ޅ. ހިންނަވަރުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި، އައު އޮފީސް އިމާރާތުގެ %55 މަސައްކަތް ނިމިފައިވާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ, ހިންވަރުގައި ތަރައްގީކުރަމުން އަންނަ އެކުންފުނީގެ އައު އޮފީސް އިމާރާތުގެ ސްޓްރަކްޗަރ ނިމިފައިވާއިރު، ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ސްކްރީޑް މަސައްކަތް ކުރިއަށް ދާއިރު މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ، ދޮރުތައް ހަރުކުރުމާއި އިމާރާތަށް ބޭނުންވާ ކަރަންޓު ވަޔަރިންއާއި ފެނާ ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.
ދެ ބުރިއަށް އިމާރާތް ކުރާ މި އިމަރާތް އެއްކޮށް ނިމޭއިރު، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްވެފައި ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.
އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެއެވެ.
ވަރަށް ބާރަށް ކުރިއަށްދާ މި މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭވަރުވާނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެއެވެ.