logoEN
cocacola
ފެނަކައިގެ ނުރުހުން ނޫސްވެރިންނަށް

ފެނަކައިގެ ނުރުހުން ނޫސްވެރިންނަށް

# ފެނަކަ

24FF19B1-2DEF-4F34-986F-2624502FAC35

ނޫސްތަކުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވެރިންގެ އަބުރާ ބެހި ކުންފުންޏާ މެދު ޙަގީގަތާ ޙިލާފް ވާހަކަތަށް ނެރޭކަމަށް ބުނެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބަޔާނެއް ނެރެފިއެވެ.

ގޮސިޔާ

ފެނަކައިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެކުންފުންޏާއިމެދު ދެކެވެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެކެވެ. ހަަަމަ އެހެންމެ، އެބަޔާނުގައި ވާގޮތުން އެފަދަ ހަބަރުތަށް އެކި ފަރާތްތަކުން ފަތުރަމުން ގެންދަނީ އެކުންފުނިން ހޯދަމުން ގެންދާ ކާމިޔާބުތަކަށް ހަސަދަވެރިވެ، އެކުންފުނީގެ ޒިންމާތަގައި ތިއްބެވި ބޭފުޅުންގެ އަބުރު ކަތިލުމަށް ކަމަށްވެސް ވެއެވެ.

ފެނަކައި މިބަޔާން ނެރެފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅާފައިވާ ދުވަސްވަރެއްގައިއެވެ.

ހަމައެހެންމެ، އެކުންފުނިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެކުންފުނިން ދެމުންދާ ހިދުމަތްތަކާ މެދު ފާޑުކިޔުމަށް މަރުހަބާ ދޭކަމަށާއި ނަމަވެސް އެކުންފުންޏާމެދު ދޮގު އަދި ޙަގީގަތާ ހިލާފް، ސާބިތު ނުހިފޭ ވާހަކަތަށް ފެތުރުމަށް ފުރުސަތު ނުދޭނެ ކަމުގައި ވެއެވެ. ފެނަކައިން އެފަދަ އަމަލުތަށް ސިފަކޮށްފައިވަނީ ވަރަށްވެސް ފިނޑި، ނާހަތުޒީބު އަމަލެއްގެ ގޮތުގައެވެ.

ފެނަކައިން ހާމަކުރާގޮތުގައި އެކުންފުނީގެ އިސްވެރިންގެ އަބުރުކަތިލައި ކުންފުންޏާ މެދު ބަދުބަސް ބުނެ ޙިލާފް ވާހަކަ ދެެެއްކި ކަމުގައި ވިޔަސް، އެކުންފުނިން ރައްުޔިތުންނަށް ކޮށްދޭ މަސައްކަތްތަކަށް ފަސްނުޖެހި ހިދުމަތް ދެމުން ގެންދާނެކަމަށްވެސް ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ