
ނަޑެއްލާގައި ކުޅިވަރު މުބާރާތްތަކެއް ބާއްވަން ނިންމައިފި
# ފުޓްސަލް# ހޭންޑް ބޯލް# ގދ. ނަޑެއްލާ ކައުންސިލް# ވޮލީ ބޯޅަ# ކުޅިވަރު# ގދ.ނަޑެއްލާ_PD90309
ގދ. ނަޑެއްލަގައި ކުޅިވަރު މުބާރާތްތަކެއް ބާއްވަން އެރަށު ކައުންްސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ބާއްވަން ނިންމާފައިވާ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ދެ ޖިންސު ވަކިވަކިން ވޮލީ މުބާރާތަކާއި ފުޓްސަލް މުބާރާތެއްގެ އިތުރުން އަންހެން ކަނބަލުންނަށް ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތްތައް ބާއްވަން ނިންމާފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީއާ ގުޅިގެންނެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް އެ މުބާރާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ނަޑެއްލާ ކައުންސިލުން ހާމަކޮށްފައިވެއެވެ.
އެރަށުގައި ބޭއްވުމަށް ހަމެޖެހިފައިވާ ވޮލޯ ބޯޅަ މުބާރާތް ބާއްވާނީ ދެ މުބާރާތެއްގެ ސިފައިގައެވެ. އެއީ އަންހެނުންގެ މުބާރާތަކާއި ފިރިހެނުންގެ މުބާރާތެކެވެ. އެ ދެ މުބާރާތުންވެސް އެއްވަނަ އަށްދާ ޓީމުތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ އަށްދާ ޓީމުތަކަށް ހުށަހަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އެރަށުގައި ބާއްވާ ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ އެއް ވަނައަށް ދާ ޓީމަށްވެސް ހުށަހަޅާފައިވަނީ 10،000 ރުފިޔާ އެވެ. އަދި ދެވަނަ އަށްދާ ޓީމަށް ހުށަހަޅާފައިވަނީ 5000 ރުފިޔާ އެވެ. އަންހެނުންގެ ހޭންޑް ބޯލް މުބާރާތުގެ އެއް ވަނަ އަދި ދެވަނައަށްދާ ޓީމުތަކަށްވެސް އިނާމު ހުށަހަޅާފައިވަނީ ހަމަ އެ ރޭޓުންނެވެ.
މި ތިން މުބާރާތުގެ ވަނަ ވަނައަށްދާ ޓީމުތަކަށް ދޭ ފައިސާ އާއި މުބާރާތް ބޭއްވުމަށް ދާ ހުރިހާ ޚަރަދެއް ކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ ބަޖެޓުންނެވެ.
ގުޅުންހުރި

ނަޑެއްލާ އައު ބަނދަރު މަޝްރޫއުއަށް ކޮންޓްރެކްޓަރެއް ހޯދަނީ

ނަޑެއްލާގައި ވެސް އޭޓީއެމްއެއް ބަހައްޓަނީ
ނަޑެއްލާގައި އައު ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން މިމަހު އިއުލާނުކުރަނީ
