
-
ގދ ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައެްކަތް ފަށައިފި އެވެ.

މިއަދު ނަޑެއްލާގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މިއަދުގެ ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި އެވެ. އެގޮތުން މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 78،653،152.46 ރުފިޔާ އަށް 450 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމުގެ މަސައްކަތް، 19،600 ކޮޑި މީޓަރު ވެލި އައު ނެރުން އިން ކޮނުމުގެ މަސައްކަތް 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމުގެ މަސައްކަތް، 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ މަސައްކަތް، 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުމުގެ މަސައްކަތް، 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ،105 މީޓަރުގެ ނެރުފައިކަށި ޖެހުމުގެ މަސައްކަތް ، 244.7 މީޓަރުގެ ބޭރުތޮށި ޖެހުމުގެ މަސައްކަތް ، 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުމުގެ މަސައްކަތް ،ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ،534 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުމުގެ މަސައްކަތް ، 10 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތް ، 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުމުގެ މަސައްކަތް، 6 ނެރު ބައްތި ޖެހުމުގެ މަސައްކަތް 18 ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް އަދި 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.
ނަޑެއްލާގައި އައު ބަނދަރެއް ހެދުމުގެ މަޝްރޫއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ބަނދަރުގެ މައްސަލައަކީ ނަޑެއްލާއަށް ދިމާވެފައިވާ ޒަމާންވީ ބޮޑު މައްސަލައެކެވެ.
ގުޅުންހުރި

ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައެްކަތް ފަށައިފި

ނައިބު ރައީސް، ނަޑެއްލާ ކައުްންސިލާއި ބައްދަލުކުރައްވައިފި

ނަޑެއްލާ ރައްޔިތުންގެ ޒަމާންވީ ބޮޑު ކަންބޮޑުވުމަކަށް ހައްލު ލިބެނީ: އައު ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

.gif&w=3840&q=75)



