
މަސްތުވާތަކެތީގެ މައްސަލާގައި ނަޑެއްލާއިން މީހަކު ހައްޔަރުކޮށްފި
# މަސްތުވާތަކެތި މައްސަލަ# ގދ. ނަޑެއްލާ ކައުންސިލް# ފުލުުހުންމަސްތުވާތަކެތީގެ މައްސަލާގައި ނަޑެއްލާއިން ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ނަޑެއްލާއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ/ ދުބުރިމާގެ، އަހްމަދު ޒާހިމް (29އ) ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި، ނަޑެއްލާ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅަކާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެތި ނައްތާލައި، އެ ތަކެތީގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ.






