logoEN
cocacola
ހޯނޑެއްދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ބާއްވަނީ

ހޯނޑެއްދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

2/11/2022, 4:13:42 PM

# ހޯނޑެއްދޫ

400

ގދ ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނގައިގެން އެރަށުގައި ފަހަން ދަސްކޮށްދޭ ކޯހެއް ބޭއްވުމަށް ނިންމައިފި އެވެ.

ގޮސިޔާ

ހޯނޑެއްދޫ ޑަބްލިއުޑީސީއިން އިއްޔެ އާންމު ކުރި އިއުލާނެއްގައި ވަނީ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މި ޕްރޮގްރާމް ބޭއްވުމަށް އެކޮމެޓީއިން ތާވަލްކޮށްފައިވަނީ މިމަހުގެ 21 ވާ ހޯމަދުވަހު އެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފުރުސަތު ދިނުމުގައި އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ނަންނޯޓު ކުރައްވާ 16 ބައިވެރިންނަށެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަމާއި ، އައިޑީ ކާޑް ނަމްބަރާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު ޖައްސަވައި 7958018 އަަށް މެސެޖްކުރައްވާ ނަންނޯޓުކުރެއްވުމަށް އެކޮމެޓީއިން ވަނީ އެދިފައެވެ. މިގޮތުން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ މިމަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ހޯނޑެއްދޫ ޑަބްލިއުޑީސީ ފާޙަގަކުރެވިގެންދަނީ ވަރަށް ހިންގުންތެރި ކޮމެޓީއެއްގެ ގޮތުގައެވެ. އެގޮތުން ކޮމެޓީގެ މި ދައުރުގައިވެސް ގިނަ ހަރަކާތްތަކެއްް މިހާތަނަށް ކޮށްފައިވާއިރު ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ރޭވިފައިއެވެ. މިމަހުގެ ތެރޭގައި އެކޮމެޓީއިން އަންނަނީ އަންހެނުންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމެއްވެސް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ