logoEN
PNC TOP 3
ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ހުރައަށް!

ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ހުރައަށް!

އަހުމަދު ޝުރާއު

logo

2/9/2022, 7:50:59 PM

# ދިރާގު# ދިރާގު ފައިބާ# ކ. ހުރާ

large_164440394542s9Yj

ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ހިދުމަތް ކ.ހުރާގައި ދޭން ފަށައިފިއެވެ.

PNC MID 2

ދިރާގުން މިއަދު ބުނީ ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްވަނީ ހުރާގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށް ކަމަށެވެ.

އެގޮތުން، ފައިބާގެ ހިދުމަތަށް އެދި ހުށަހަޅާ ފަަރާތްތަކަށް ހިލޭ ގުޅައިދިނުމުގެ ހިދުމަތާއި އެކު އަދި ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު (އޯއެންޓީ) ވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ދިރާގުން ބުނީ އެކުންފުނިން ފޯރުކޮށްދޭ ދިރާގު ޓީވީގެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް ވެސް ހިލޭ ގުޅައިދިނުމުގެ ހިދުމަތާއެކު، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެކަމަށެވެ. މިގޮތުން ހުރާގައި ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ކަމަށްވާ ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު 76 ރަށެއްގައި ދެމުން އެބަ ދެއެވެ. އެއާއެކު ރާއްޖޭގެ ގޭބީސީތަކުގެ 82 އިންސައްތައިން އެ ހިދުމަތް ބޭނުންކުރެއެވެ.

ދިރާގު ޓީވީއަކީ ވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ދޭ އައިޕީޓީވީ ހިދުމަތެވެ. ކޮލިޓީ އަދި އަގުގައި ތަފާތެއް ނެތި އެ ހިދުމަތް ވެސް 82 އިންސައްތަ ގޭބީސީއަށް ދިރާގުން ފޯރުކޮށްދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC