logoEN
Sto top
މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

އަހުމަދު ޝުރާއު

logo

11/22/2025, 8:39:36 AM

# ދިރާގު

-

ދިވެހިރާއްޖޭގެ އެންމެ ބޮޑު މޯބައިލް އަދި އިންޓަނެޓް ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގު، "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" ގެ ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސައިފިއެވެ.

Wamco

މި ގުޅުމަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ސާފުކުރުމުގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުވައިލައި، ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ކޮންފަރެންސަށް ޑިޖިޓަލް ގޮތުން އިތުރު ބާރެއް ގެނެސްދޭނެ ގުޅުމެެއްް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ.

"މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އިން ނެރުނު ބަޔާނެއްގައި ފަޚުރުވެރިކަމާއެކު ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޑިޖިޓަލް ދާއިރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދިރާގާއެކު ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ، ކޮންފަރެންސްގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައެވެ. މި ގުޅުމުގެ ސަބަބުން، ކޮންފަރެންސްގެ ހުރިހާ ޑިޖިޓަލް ކަންކަން ހަރުދަނާކޮށް، ގިނަ ބަޔަކަށް ފަސޭހަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.

ދިރާގަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ. ޚާއްސަކޮށް ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ދިރާގުން ވަނީ އެކި ގޮތްގޮތުން އެއްބާރުލުން ދީފައެވެ. މި ގުޅުމާއެކު، 2025 ވަނަ އަހަރު ބާއްވާ ކޮންފަރެންސްގެ ހުރިހާ ޓެކްނޮލޮޖީ އަދި ޑިޖިޓަލް ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން، ކޮންފަރެންސްގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ފެތުރުވުމަށްވެސް ދިރާގުން މަސައްކަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

"މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެކަންކަމަށް ހައްލު ހޯދައި، ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. މި ގުޅުމުގެ ސަބަބުން، ކޮންފަރެންސްގެ މަސައްކަތްތައް އިތުރު ބާރަކާ އެކު ކުރިއަށްގެންދިއުމަށް އެހީތެރިވެ، މާދަމާގެ ރާއްޖެއަކީ އިތުރަށް ސާފު، ރައްކާތެރި ތިމާވެއްޓެއް ލިބިފައިވާ ރާއްޖެއަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC