logoEN
PNC TOP 3
ހުރާ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހުރާ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

12/29/2025, 2:09:12 PM

# ކ. ހުރާ

-

ކ. ހުރާ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

PNC MID 2

ހުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޘިމް އިބްރާހީމެވ.ެ

މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަނާރާ ނަޢީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އާއ،ި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވ.ެ

މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެނެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ޞިއްހީ ޚިދުމަތްދޭ މަރުކަޒެއް ހަދާނެއެވ.ެ

މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެއެވ.ެ މީގެ އިތުރުނ،ް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތާއ،ި މޭސަނަރީ މަސައްކަތާއ،ި ޓައިލްސް ޖެހުމުގެ މަސައްކަތާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއ،ި ދަވާދު ލުމާއ،ި ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއ،ި ކަރަންޓު ވަޔަރުކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއ،ި އެއަރ ކޮންޑިޝަން ހަރުކުރުމާއ،ި އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެއެވެ.

360 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 27.23 މިލިއަން ރުފިޔާއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC