logoEN
PNC TOP 3
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކ. ހުރާ އައުޓްރީޗް ސެންޓަރު ހުޅުވައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކ. ހުރާ އައުޓްރީޗް ސެންޓަރު ހުޅުވައިފި

އަހުމަދު ޝުރާއު

logo

2/17/2026, 7:27:33 AM

# ކ. ހުރާ

-

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކ. ހުރާ އައުޓްރީޗް ސެންޓަރު ހުޅުވައިފިއެވެ.

PNC MID 2

އާދިއްތަ ދުވަހު ހަވީރު ހުރާގައި މިކަމަށްޓަކާ ބޭއްވުން ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު، އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް ވެރިންނާއި، އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނަޢީމާއި، ކ. ހުރާ ކައުންސިލުގެ ވެރިންނާއި، އެ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

މި ސެންޓަރުގައި ޙިފްޒު ކުލާސްތައް ފެށުމަށްޓަކައި ދަރިވަރުން ހޯދުމަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން މިހާރު ވަނީ އިޢުލާންކޮށްފައެވެ. އަދި މި ޙިފްޒު ކުލާސްތަކުގައި ކިޔަވައިދިނުމަށް ބޭރުގެ ޙާފިޒަކުވެސް މަރުކަޒުން ވަނީ ރާއްޖެ ގެނެސްފައެވެ. މި ސެންޓަރުގައި މަރުކަޒުގެ އެހެން ކޯސްތައްވެސް ކުރިއަށް އޮތްތަނުގައި ފެށިގެން ދާނެއެވެ.

މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކުލާސްތައް ފެށުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، މިހާތަނަށް ހުޅުވޭ 3 ވަނަ ސެންޓަރެވެ. މި ހިނގާ 2026 ވަނަ އަހަރު 90 ރަށެއްގައި ސެންޓަރު ހުޅުވުމުގެ މަސައްކަތް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ދަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC