logoEN
Sto top
އަފްހާމްގެ ޕޯސްޓްމޯޓަމް ހަދައިފި، ހަށިގަނޑު ވަޅުލާނީ މިރޭ

އަފްހާމްގެ ޕޯސްޓްމޯޓަމް ހަދައިފި، ހަށިގަނޑު ވަޅުލާނީ މިރޭ

# ދިވެހި ފުލުހުން# ސްރީ ލަންކާ# މަރުގެ މައްސަލަ

hjk-1

އަވަށްޓެރި ސްރީލަންކާގެ ގޮނޑުދޮށުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.

Wamco

މިދިޔަ ހުކުރު ދުވަހުން ފެށިގެން އުމުރުން 24 އަހަރުގެ އަފްހާމް ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނުނީ ހޮނިހިރު ދުވަހު އެވެ. ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި އޭނާ މަރުވެފައި އޮއްވައި ފެނުނު އިރު، ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ. އަދި އެ ސަރަހައްދުން ވަޅިއަކާއި އަފްހާމް ގެންގުޅުނު ބައެއް ތަކެތީގެ އިތުރުން މަރުވެފައިވާ އިތުރު މީހަކު ވެސް ފެނިފައިވެ އެވެ.

އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމުގެ އިތުރުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއްވެސް ވަނީ ލަންކާއަށް ގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް މިއަދު ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވަމުންދާ ޓީމަށް ލަންކާ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ. އަދި އަފްހާމްގެ އާއިލާގެ ފަރާތުން އޭނާގެ ޖަނާޒާގެ ކަންކަން މިރޭގެ ވަގުތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside