logoEN
WAMCO TOP 1
އެމެރިކާގެ އިސް އޮފިޝަލަކު ލަންކާއަށް ވަޑައިގެންފި

އެމެރިކާގެ އިސް އޮފިޝަލަކު ލަންކާއަށް ވަޑައިގެންފި

އަހުމަދު ޝުރާއު

logo

12/11/2025, 11:58:17 AM

# ސްރީ ލަންކާ

-

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ.

THE TRAVELLER AD

ލަންކާގެ ނޫހެއްކަމަށްވާ ނިއުސްވަޔާއިން ރިޕޯޓުކުރާ ގޮތުގައި މިއަދު ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އެމެރިކާގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕޮލިޓިކަލް އެފެއާޒް އެލިސަން ހޫކަރއެވެ.

މި ދަތުރުފުޅުގައި އަންޑަރ ސެކްރެޓަރީ ހޫކަރ ލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރުކުރުމާއި، ދިފާޢީ އެއްބާރުލުން ހަރުދަނާކުރުމާއި، ލަންކާގެ އިޤްތިޞާދީ އަދި ކަނޑުގެ އިސްތިޤްލާލު ހިމާޔާތްކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ލަންކާއަށް ދާދިފަހުން އެރި ބާރުގަދަ ތޫފާނުގައި ލިބުނު ގެއްލުންތައް ންޑަރ ސެކްރެޓަރީ ހޫކަރ އޮޅުންފިލުވައި ލަންކާއަށް އިތުރު އެހީ ހޯދޭނެ މަގުތައް ހޯދުމަށްވެސް މަޝްވަރާތައް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށްވެސް އެމްބަސީން ވަނީ ހާމަކޮށްފައި އެވެ.

ކޮމެންޓް
ފަހުގެ
HDC