
ސިލޯނާއިއެކު ދިވެހީން ތެލެތޯން: ލަންކާއަށް ފައިސާ ފޮނުވުމަށް ހާރިޖީ ވުޒާރާއާއި ހަވާލުކޮށްފި
# ސްރީ ލަންކާ-
ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު ފައިސާ ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.

މި އެހީ ޚާރިޖީ ވުޒާރާއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. ފައިސާއާ ޚާރިޖީ ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ހަރަކާތުގައި 8 ލައްކަ ޑޮލަރު ވަނީ ލިބިފައި އެވެ. މި ފައިސާ ލަންކާ ސަރުކާރާއި ހަވާލުކުރުމުގެ މަސައްކަތް ކުރާނީ އެވުޒާރާއިންނެވެ.
ސިލޯނާއެކު ދިވެހީން"ގެ ނަމުގަ ޚާއްސަ ޓެލެތޯނެއް ފެށީ އާދީއްތަ ދުވަހުގެ ހެނދުނު 9 ޖެހިއިރުއެވެ. މި ޓެލެތޯން އެރޭ މެންދަމު 1 އާއި ހަމައަށް ކުރިޔަށްގެންދަން ތާވަލުކުރި ނަމަވެސް ފަހުން ޓެލެތޯންގެ ވަގުތު އިތުރުކޮށް އިއްޔެ މެންދުރު 2 އާއި ހަމައަށް ވަނީ ދަންމާލާފައި އެވެ. މިއީ ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ކުރިޔަށްގެންދިޔަ އެންމެ ބޮޑު އެއް ހަރަކާތެވެ.
މައުލޫމާތު ލިބޭގޮތުގައި މިއީ ލަންކާއަށް ދިމާވި ކާރިސާއާއި ގުޅިގެން މިހާތަނަށް ގައުމެއްގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އެއް ޓެލެތޯންއެވެ.
މި ޓެލެތޯންއަށް ސަރުކާރުގެ ގިނަ ކުންފުނިތަކަކުންނާއި މުވައްސަސާތަކާއި ވުޒާރާތަކުންވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައި އެވެ. މިގޮތުން މި ޓެލެތޯންއަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިނީ ދިވެހި ފުލުހުންނެވެ. ދިވެހި ފުލުހުންގެ ފަރާތުން މި ޓެލެތޯންއަށް 2،4 މިލިއަން ރުފިޔާ ހަދިޔާކުރި އިރު ދިވެހި އަސްކަރިއްޔާއިން ވަނީ 1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.
ރަސްމީ ގޮތުން 37 މީޑިއާގެ ފުރިހަމަ ބައިވެރިވުމާއިއެކު ކުރިޔަށްގެންދިޔަ މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތަކަށް ވެސް ހުޅުވާލިއެވެ. އަދި މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވެސް ހަމަޖައްސާފައި ވެއެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހިމެނެއެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރގެ އިތުރުން ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.
ގުޅުންހުރި

ސިލޯނާއިއެކު ދިވެހީން ތެލެތޯން: ލަންކާއަށް ފައިސާ ފޮނުވުމަށް ހާރިޖީ ވުޒާރާއާއި ހަވާލުކޮށްފި

ތޫފާނުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 400 އާއި ގާތަށް!

ވީޑިއޯ: ތޫފާނާއި ގުޅިގެން މީހުން ސަލާމާތްކުރަން ހަރަކާތްތެރިވި ލަންކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓިއްޖެ





