logoEN
Sto top
މާކް ޒަކަބަރގަށް 29 ބިލިއަން ޑޮލަރު ގެއްލިއްޖެ

މާކް ޒަކަބަރގަށް 29 ބިލިއަން ޑޮލަރު ގެއްލިއްޖެ

zuckerbergonstage

މީސްމީޑިޔާ ޕްލެޓްފޯމް ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް ޕްލެޓްފޯމް ކަމުގައިވާ ފޭސްބުކް ބޭނުން ކުރާ މީހުންގެ ނިސްބަތް ރެކޯޑް މިންވަރަކަށް ދަށް ވުމާއެކު އެ ކުންފުންޏަށް 29 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެއެވެ.

Wamco

އެ ކުންފުނިން ބުނެފައިވަނީ މިވަރުގެ ބޮޑު ވެއްޓުމެއް ފޭސްބުކަށް އައިސްފައިވަނީ އެ އެޕްލިކޭޝަނުގެ ވާދަވެރިން ކަމުގައިވާ ޓިކްޓޮކާއި ޔޫޓިއުބުގެ ސަބަބުން ކަމަށެވެ.

މިއީ ފޭސްބުކްގެ 18 އަހަރުވީ ތާރީހުގައި ވެސް އެ އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު ވަނީ 1.929 ބިލިއަނަށް ވެއްޓިފައެވެ.

ފޭސްބުކުގެ ވެރިޔާ މާކް ޒަކަބާރގަކީ ދުނިޔެއިން 7 ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ލިސްޓު ކުރެވިފައިވާ މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި ޖުމްލަ 121 ބިލިއަން ޑޮލަރު ހުރިކަމުގައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC