logoEN
Sto top
އެންމެ ފުރަތަމަ 300 މިލިއަން އިންސްޓަގްރާމް ފޮލޮވާރސް ހަމަކުރި އަންހެނަކަށް ކައިލީ ޖެނާ

އެންމެ ފުރަތަމަ 300 މިލިއަން އިންސްޓަގްރާމް ފޮލޮވާރސް ހަމަކުރި އަންހެނަކަށް ކައިލީ ޖެނާ

ގާފު އެޑިޓޯރިއަލް

logo

1/14/2022, 11:35:28 AM

_122696021_gettyimages-1233053858

އިންސްޓަގްރާމުގައި އެންމެ ފުރަތަމަ 300 މިލިއަން ފޮލޮވާރސް ހަމަކުރި އަންހެނަކަށް މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ ވެއްޖެއެވެ.

Wamco

ކުރިން އެންމެ ގިނަ ފޮލޮވަރުންނާއެކު އެއްވަނައިގައި އޮތީ އެރިއާނާ ގްރާންޑޭއެވެ. ނަމަވެސް މިހާރު އޭނާ އޮތީ ސެލީނާ ގޮމޭޒާ އެއްވަރަށް ފޮލޮވާރސް ހޮވައިގެން ދެވަނައިގައެވެ. މި ދެ ލަވަކިޔުންތެރިންގެ ފޮލޮވަރުންގެ އަދަދަކީ 289 މިލިއަނެވެ.

އިންސްޓަގްރާމުގައި މިވަގުތު އެންމެ ގިނަ ފޮލޮވަރުންނާއެކު އެއްވައިގައި އޮތީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާގެ ފޮލޮވަރުންގެ އަދަދަކީ 389 އެވެ.

އިންސްޓަގްރާމުގައި އެންމެ ގިނަ ފޮލޮވަރުން ތިބި މީހުންގެ ލިސްޓުގައި ފުޓްބޯޅަ ތަރި މެސީއާއި ކުރީގެ ވްރެސްލަރ ދަ ރޮކްގެ އިތުރުން ކިމް ކާޑޭޝިއަން އާއި ލަވަކިޔުންތެރިން ކަމުގައިވާ ޖަސްޓިން ބީބަރ އަދި ބިޔޯންސޭ ހިމެނެއެވެ.

2010 ވަނަ އަހަރު ވުޖޫދަށް އައި އިންސްޓަގްރާމުގައި މިހާތަނަށް 1.3 ބިލިއަން ޔޫސަރ ޕްރޮފައިލްް ހަދާފައި ވެއެވެ. އަދި ދުވާލެއްގެ މައްޗަށް 500 މިލިއަން މީހުން މި އެޕްލިކޭޝަން ބޭނުން ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC