logoEN
Sto top
އިންތިހާބު ކުރި ކައުންސިލަރުންނަށް އުންމީދު ކުރި ނަތީޖާ އެބަ ނެރެވޭބާ؟

އިންތިހާބު ކުރި ކައުންސިލަރުންނަށް އުންމީދު ކުރި ނަތީޖާ އެބަ ނެރެވޭބާ؟

# ކައުންސިލް# ކައުންސިލަރުން# ވެރިން

E31C2FFF-9567-44E1-BAA0-0D5E7C45F855

ކެމްޕޭން ކުރަމުން ކިޔަމުންދިޔަ އަންބާ ތަކާއި ވަމުންދިޔަ ވައުދު ތަކަށް ފުންކޮށް ވިސްނުމަށް ފަހު ބަޔަކު އިންތިހާބުކޮށް ރަށާއި އަތޮޅުތަކުގެ ލަގަން އެބަޔަކާއި ހަވާލު ކުރިތާއެތައް ދުވަހެއް ވެގެން ދިޔައީއެވެ. މިއަދު ކުރެވޭ އެންމެ ބޮޑު ސުވާލަކީ ވޯޓުދީ އިންތިހާބު ކުރިއިރު ތިބޭފުޅުން އުންމީދު ކުރިވަރުގެ ނަތީޖާއެއް ތިޔަ އިންތިހާބު ކުރި ވެރިންނަށް ނެރެދެވިއްޖެ ތޯއެވެ.

Wamco

ވި ވައުދުތަކާއި ގާތްކުރާ ވަރުގެ މަސައްކަތްތަކެއް ކުރާހެން މީސްމީޑިޔާގެ ވަސީލަތް ތަކަށް ވަދެލުމުން ހިޔެއްނުވެއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އިންތިހާބު ކޮށްދޭން ވޯޓު ދިން މީހުންނަށް އެވެރިން ބަވަމުން ދާތަނެވެ. ކުރިޔަށް ވުރެން ކަންތައް އިސްލާހު ކޮށް ރަނގަޅު ކުރަން އުންމީދުކޮށް އިންތިހާބު ކުރި ވެރިން ގޯސްވެގެން، އިންތިހާބު ކުރެވުނު މޮޔަހީވެގެން ވޯޓުދީ މަސައްކަތް ކޮށްދިން މީހުން އަޑު އުފުލާތަނެވެ.

undefined

ކޮންމެއަކަސް އިންތިހާބު ވި ވެރިން އޮފީސްތަކާއި ހަވާލުވެ މަސައްކަތް ފަށައިފިއެވެ. އަހަރެއްހާ ދުވަސް ވަނީއެވެ. ގިނަ ރަށްރަށުގެ އޮފީސްތައް ބަރަވެލި ސްޕީޑްގަ ހުރިއިރު ބައެއް އަތޮޅުތަކާ ހަވާލުވި މީހުން އަދި ތިބީ ހަނީމޫނުގައެވެ. އޮފީހުގެ ދޮރުން ވަދެވެމުން އެއްކަލަ ކެމްޕޭނުގަ ދެއްކި ވާހަކަތަކާއި ވައުދުތައް ހަދާން ނެތުނު ކަހަލަ އެވެ.. އޭރު އެންމެ ބާރަށް ދެއްކީ ކުރިން އިންތިހާބު ކޮށްފައިތިބި ކައުންސިލަރުން މަސައްކަތް ނުކުރާ ވާހަކައެވެ. ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތް ކުރަން ނޭނގޭ ވާހަކައެވެ. ތިމަންމެން އިންތިހާބު ވެފައިތިބިނަމަ އެހެން ނުވާނެޔޭ، ޒުވާނުންގެ ހަރަކާތްތަކަށް އެހީތެރިވެދޭނަމޭ، ރަށުގެ ކުރިމަގަށް ކަންކަން ކޮށްދޭނަމޭ ބުނެ ވަކާލާތް ކުރަމުން ދިޔަމީހުންގެ އަޑު މިހާރު ފަނޑުވަމުން ފަނޑުވަމުން ގޮސް ކެޑިއްޖެއެވެ. އަދި އަހަރެއް ނުވެއެވެ. ރައްޔިތުންގެ ހައްގުގައި ބަސްބުނާ މަދު ކައުންސިލަރުންގެވެސް ރާގު ބަދަލުވެއްޖެއެވެ. ގާނޫނުން ކަންކަން ކުރަން ތަން ނުދޭކަމަށާއި ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ބުނެ ބޯދަމައިގަނެއެވެ. ނަމަވެސް އެވެރިންގެ މަސްލަހަތު ހިމެނޭ ކަންކަން ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮންނަ ފަހަރެއް ނާދެ އެވެ.

ސުވާލަކީ ގާނޫނުހެދީ ފަހުންތޯއެވެ. ގާނޫނުގައި އޮތްއެއްޗެއް ނުބަލާ ތިވަރު މަގާމުތަކަށް ކުރިމަތިލާ ކެމްޕޭނު ކޮށް ވައުދުތައް ވަމުން ދިޔައިރު ގާނޫނުގައި އޮތް އެއްޗެއް ނުބެލުން އެއީ ވޯޓު ދިން މީހުންގެ ކުށަކަށްވެސް ވެދާނެއެވެ.

އިންތިހާބުވެ ރައްޔިތުންނަށް ހިދުމަތްކޮށްދޭން ޖެހުމުން އެންމެ ބޮޑު ބަހަނާއަކަށްވީ ބަޖެޓެވެ. އެކަށީގެންވާ ބަޖެޓު ނުލިބޭ ވާހަކައެވެ. އިހުތިސާސްތެރޭ ހިމެނޭ ވަސީލަތްތައް ބޭނުންކޮށްގެން ބަޖެޓް ހޯދަން ނޭނގުމުގެ ޒިންމާ ނަގަންވީ ރައްޔިތުންތޯއެވެ. ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުން ރަށުގެ ވަށައިގެން އަތޮޅުގެ އެކި ހިސާބުތަކުގައި ހިންގާ ރިސޯޓްތައް ހުރި އިރު ފަންޑު ހޯދަން ނޭނގުމުން ޒިންމާނަގަން ޖެހެނީ ރައްޔިތުންތޯއެވެ.

undefined

ވާނީވެސް އެހެންނެވެ. ރިސޯޓްތަކަށް ވެސް ރަށަށް ކަމެއް ކޮށްދެވޭތޯ އިންތިހާބު ކުރި ވެރިން ގޮސް ކައިގެން އަންނަ ވާހަކަ މާޒީގައި އަޑު އިވިއްޖެ އެވެ. އަދި ބައެއްމީހުންނަށް ކާއެތިކޮޅި ނަސީބު ނުވި ވާހަކަވެސް ތުންތުން މަތިން އަޑުއިވުނެވެ. ރިސޯޓުތަކަށް ގޮސް ކާއެއްޗަކަށް އޯޑަރުކޮަށްލަން ނޭނގިގެން އެކަކު އޯޑަރުދިނުމުން “ސޭމްސޭމް” އޯޑަރުދީގެން ގެނައި އެއްޗެހި ނުކެވުނު ވާހަކައަކީވެސް މާޒީއެވެ. މިހާރު ތިބި ވެރިން އިންތިހާބުވާން ކެމްޕޭނު ކުރި އިރު ކުރިން ތިބި ވެރިން ދެރަކޮށްލަން ދެއްކި ވާހަކަތަކެވެ. ކޮފީ މޭޒުތަކުން ކަރުބުޑުން އަޑުނެރެ އަޑުގަދަކޮށް ކުރީގެ ކައުންސިލަރުންނަށް އެއްޗެހި ގޮވި މީހުން އިންތިހާބުވުމުން އެއްވެސް ގޮތަކަށް އަޑު ނުނިކުންނަ ކަހަލައެވެ. އިންތިހާބު ވުމުން ޖެހޭ ބައްޔަކަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ބައެއް ރައްރަށުގައި ކަންކަން ފުރިހަމައަށް ހިނގަމުންދާތަން ވެސް ފެނެއެވެ. ބައެއް ކައުންސިލަރުން ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ބަސްބުނާތަން ވެސް ފެނެއެވެ. ވި ވައުދުތަކާ އެއްގޮތަށް ކަންކަން ނިންމަމުންދާ ތަންވެސް ފެނެއެވެ. މި ދައްކަނީ ހުރިހާ ކައުންސިލަރުން ގޯސް ވާހަކައެއް ނޫނެވެ. ވައުދު ފުއްދަން ނޫޅޭ ވާހަކައެއްވެސް ނޫނެވެ. އިންތިޚާބުވެފައިވާ ވަކި ކައުންސިލަރެއްގެ ނުފޫޒާއި އަމިއްލަ ތައައްސަބުގެ ސަބަބުން ފުރިހަމަކޮށްދޭން ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްނުދެވިދާ ފަހަރުވެސް ފާއިތުވި މަދު ދުވަސްކޮޅުގައި ވަނީ ފެނިފައެވެ.

https://gaafu.mv/report/20208

އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ނަޒާޙަތްތެރިކޮށް ރައްޔިތުން މަތިކުރި ޒިންމާތަކާއެކު ރައްޔިތުންގެ ހައްޤު ކަށަވަރު ކުރަން މަސައްކަތްކުރެވޭ މަންޒަރު އެބަ ފެނޭ ހެއްޔެވެ؟ ރައްޔިތުން ތިޔަ މަންދޫބުން އިންތިޚާބު ކުރީ މުސާރަ ލިބޭތީ އަދާ ކުރާ ވަޒީފާ އެއްގެ ގޮތުގައި ތިޔަ މަޤާމް ފުރުއްވުމަކަށް ނޫނެވެ. ރައްޔިތުން ތިބީ ފާރަވެރިވެ އެވެ. މަންދޫބުންނޭވެ! ރައްޔިތުން ފެއިލް ނުކުރައްޗެވެ!

ތިޔަ ބޭފުޅުންގެ މަސައްކަތުގެ ދުވެލި ފާއިތުވި އަހަރެއްހާ ދުވަސް ތެރޭ ރައްޔިތުން ވަރަށް ރަނގަޅަށް ބަލައި ވަޒަންކޮށްފިއެވެ. ރައްޔިތުންނޭވެ! ތިޔަ ބޭފުޅުންގެ އުއްމީދުތަކާ ބައްދަލުވާ ވަރަށް އެވެރިންނަށް މަސައްކަތް އެބަ ކުރެވޭ ހެއްޔެވެ؟ އުއްމީދު ކުރި ނަތީޖާ އެބަ ނެރެވޭ ހެއްޔެވެ؟

E living
ކޮމެންޓް
E living
ފަހުގެ
HDC