logoEN
Sto top
ކައުންސިލަރުން ތަމްރީނުކުރުމަށް ތައްޔާރުވަނީ

ކައުންސިލަރުން ތަމްރީނުކުރުމަށް ތައްޔާރުވަނީ

އަހުމަދު މާހު

logo

2/26/2022, 1:03:56 PM

# ކައުންސިލަރުން# އެލްޖީއޭ# ހޯމް މިނިސްޓަރ

Sg4jLeYqkn3PCmyStMSV

ކައުންސިލލަރުން ތަމްރީނު ކުރުމަށް ގާއިމްކުރާ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ ނަމުގައި އެކުލާވި މަރުކަޒުން ތަމްރީނުތައް ފަށަން ތައްޔަރުވަމުންދާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Wamco

އިމްރާން މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

އިމްރާން ވިދާޅުވީ، ކައުންސިލަރުން ތަމްރީނުކުރުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް މިހާރު ރަޖިސްޓްރީ ކޮށް، ތަމްރީނުތަކުގެ ކަރިކިއުލަމް ތައްޔާރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއާއި ބައިނަލްއަގްވާމީ ތަމްރީނުދޭ މަރުކަޒުތަކާ ގުޅިގެން ލާމަރުކަޒީ ނިޒާމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދޭނެ އިންތިޒާމް ހަމަޖެއްސުމަކީ ލާމަރުކަޒީ ގާނޫނުން، އެލްޖީއޭގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެކެވެ. ކައުންސިލަރުންނަށް ތަމްރީނު ދޭނެ މަރުކަޒެއް ރަޖިސްޓްރީކޮށްފައި ވަނީ ކައުންސިލްތަކަކީ ފަންނީ އަދި އިދާރީ ގާބިލުކަމާއެކު ހިންގާ ކައުންސިލްތަކަކަށް ހެދުމަށް އެލްޖީއޭއިން ކުރަމުންދާ މަސައްކަތްތަކުުގެ ތެރެއިންނެވެ.

އިމްރާން އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތަކުގެ ޕާފޯމަންސް މިން ކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލްތަކުން ކުރާ މަސައްކަތްތައް ހަލުވިކޮށް، ހިންގުން ހަރުދަނާކޮށް، ޑިޖިޓަލައިޒް ކުރުމަކީ ވެސް ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެ އޮތޯރިޓީން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު ކައުންސިލްތަކުން ދޭ ހިދުމަތްތައް ފަސޭހައިން ލިއްބައިދިނުމަށްޓަކައި "މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެލްޖީއޭއިން ކުރަމުންދާ ކަމަށް އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC