logoEN
cocacola
އިންޖީނުގެތައް އެކަހެރި ހިސާބުތަކަށް ބަދަލުކުރުމަށް ވި ވައުދުގެ 99 އިންސައްތަ ހާސިލްވެއްޖެ: ފެނަކަ

އިންޖީނުގެތައް އެކަހެރި ހިސާބުތަކަށް ބަދަލުކުރުމަށް ވި ވައުދުގެ 99 އިންސައްތަ ހާސިލްވެއްޖެ: ފެނަކަ

ޝަޖާއަތު އަހުމަދު

logo

12/30/2021, 8:46:54 PM

# ފެނަކަ

img_md_202112300530561640867456.726

ރަށްރަށުގެ އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ އެކަހެރިކުރުމަށް ވި ވައުދުގެ 99 އިންސައްތަ ހާސިލްވެއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

ގޮސިޔާ

މ ރަތްމަންދޫގެ އައު އިންޖީނުގޭގެ ބިންގާއެޅުމަށްފަހު ފެނަކައިން ބުނީ، އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ އެކަހެރިކުރުމަށް ވި ވައުދުގެ 99 އިންސައްތަ މިހާރު ހާސިލްކުރެވިފައިވާކަމަށެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަންގެ އިތުރުން އެރަށު ކައުންސިލުގެ ރައީސް އިސްމާއީލް ނާހިދުއެވެ.

އިންޖީނުގެ އެކަހެރިކުރުމުގެ މަސައްކަތް މިހާރު ނުފެށި ހުރީ އެންމެ 3 ރަށުގައި ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ކަންކަންވެސް ބަލަހައްޓަނީ އެކުންފުނިންނެވެ. އަދި ފެނާއި ނަރުދަމާ އެޅުމަށް ހަވާލުނުކުރެވި ހުރި މީހުންދިރިއުޅޭ ރަށްރަށުގެ މަސައްކަތްތައް އިއްޔެ ހަވާލުކުރެވުނު 23 ރަށުގެ ތެރެއިން 70 އިންސައްތަ މަޝްރޫއު ހަވާލުކުރީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ