logoEN
cocacola
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގެންފި

# ބަންގްލަދޭޝް - ރާއްޖެ# ޝޭޚް ހަސީނާ

206434_d18748b0-4_

އަވަށްޓެރި ބަންގްލަދޭޝްގެ ބޮޑު ވަޒީރު، ޝޭޚް ހަސީނާ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ގޮސިޔާ

އެކަމަނާ ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބަންގްލަދޭޝް އެއާލައިންސްގެ ބޯޓެއްގައެވެ. އެކަމަނާއަށް ދިވެހި ސަރުކާރުގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު އަލީ އާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ.

ޝޭޚް ހަސީނާ ރާއްޖެ ކުރައްވާ ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިވަގުތު ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމާ މެދު މަޝްވަރާ ކުރުމާއި ރާއްޖެއަށް ބަންގްލަދޭޝް އިން ޑޮކްޓަރުން ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރެއްވުން ހިމެނެއެވެ.

އެކަމަނާ ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ ތެރެއިން މާދަމާގެ ވަގުތެއްގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އެކަމަނާ ތަގުރީރު ކުރައްވަންވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެކަމަނާ އާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މަސްވެރިކަމުގެ ދާއިރާ، އަދި އެނޫންވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމާއި ތަޢުލީމީ ދާއިރާއަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ.

‎ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ މެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރީ 22 ސެޕްޓެމްބަރ 1978ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ